ބާމިއުޑާ ޓްރޭންގަލްގެ ގޮތް ނޭނގޭ ސިއްރުތަކަކީ ބޮޑު ފުލޯކެއް

ޒަމާނުއްސުރެ ބާމިއުޑާ ޓްރޭންގަލް އަކީ މީހުން އެސަރަހައްދަކުން ދަތުރުކުރަން ވަރަށް ޖެހިލުންވާ ސަރަހައްދެކެވެ.

ނަމަވެސް އެތަނަކީ މީހުން ހީކުރާ ކަހަލަ ނޭނގޭ ބާރުތަކަކާއި ރޫހާނީ ކަންތައްތަކެއް ހިމެނޭ ތަނެއް ނޫން ކަމަށް ބައެއް ރިސާޗަރުން މިވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގެ ފްލޮރިޑާއާއި ބާމިއުޑާ އަދި ޕުއޭތޯ-ރީކޯގެ މެދަށްވާ ގޮތަށް އޮންނަ މިރަމްޒީ ކަނޑުގެ ސަރަހައްދަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެތަކެއް މަތިންދާބޯޓުތަކާއި އޭގައި ތިބި ޕައިލެޓުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ސަރަހައްދެކެވެ.

މީގެ އިތުރުން މިސަރަހައްދަށް އެތައް ބައިވަރު ކަނޑުގެ އުޅަނދުތަކެއް އެދުވަސްވަރު ވަނީ ގެއްލިފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިސަރަހައްދަށް ގެއްލޭ އެއްވެސް އުޅަނދެއް މިއަދާ ހަމައަށް ވެސް ފެނިފައެއް ނުވެ އެވެ. މީގެ ސަބަބުން ބާމިއުޑާ ޓްރޭންގަލްއަކީ އެތަނަކާ ގުޅުވައިގެން އެކިމީހުން އެކިގޮތްގޮތުން ވާހަކަދައްކާ އުޅޭ ތަނެކެވެ.

ނަމަވެސް މިއީ ތެދެއް ނޫން ކަމަށާއި ތަފާސް ހިސާބުތަކުގެ އަލީގައި މިތަނަށް ގެއްލިފައިވާ އުޅަނދުފަހަރުގެ ނިސްބަތަކީ ދުނިޔޭގައި މިފަދަ ހާދިސާ ހިނގާ އެހެން ސަރަހައްދުތަކާ ދާދި އެއްވަރެއް ކަމަށް އޮސްޓްރޭލިއާއަށް ނިސްބަތްވާ ސައިންސް ކޮމިއުނިކޭޓާއެއްކަމުގައިވާ ކާލް ކުރުޒެލްނިކީީ ވަނީ އައިއެފްއެލް ސައިންސަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

"އެސަރަހައްދަކީ އީކުއޭޓާ ލައިނާ ކައިރީގައި އޮންނަ ސަރަހައްދެއް، އަނެއްކޮޅުން އެއީ ފުދޭވަރަށް މުއްސަނދި ސަރަހައްދެއް. ދެން އެމެރިކާ އޮންނަނީ މިތަނާ ކައިރީގައި މިއީ ވައިގެ ޓްރެފިކް ވަރަށް ބޮޑު ސަރަހައްދެއް، ގިނަ އެއްޗެހި ދަތުރުކުރާ ސަރަހައްދެއްގައި ގިނައިން މިފަދަ ކަންކަން ހިނގާ ކަން ރިޕޯޓު ވެސް ކުރާނީ. އެހެންވީމާ ޕަސެންޓޭޖް ރޭޝިއޯ އިން ބަލާއިރު މިތަނަށް ވެއްޓިފައި ވަނީ ދުނިޔޭގެ އެހެން ތަންތަނަށް ވެސް މަތިންދާބޯޓު ވެއްޓިފައިވާ ނިސްބަތުން،" އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ހާމަކުރާ ގޮތުގައި ބާމިއުޑާ ޓްރޭންގަލްގެ ސަރަހައްދަކީ ކަނޑުގެ އޮއިވަރު ވަރަށް ގަދަ އަދި މޫސުން އާންމުގޮތެއްގައި ގޯސް ސަރަހައްދަކަށްވުމުން ދަތުރުފަތުރު ކުރަން އެހާ ރައްކާތެރި ސަރަހައްދެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު