ޗައިނާގައި އަރަމުންއައި ޕޮލިޓިކަލް ތަރި ކޮރަޕްޝަން ތުހުމަތުގައި މަގާމުން ދުރުކޮށްފި

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ސަން ޖެންގްކައި --- ފޮޓޯ: ރޮއިޓާސް

ޗައިނާގެ ޗޮންކިންގް ސިޓީއަށް ކަނޑައަޅައިފައިވާ ކޮމިއުނިސްޓް ޕާޓީގެ ޗީފް ސަން ޖެންގްކައިގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ޖެންގްކައިގެ މައްޗަށް ކުރި ތުހުމަތުގައިި އޭނާގެ މައްސަލަ ބަލަން ފެށުނު ހިސާބުން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އޭރު އޭނާއަކީ ޗައިނާގެ އެންމެ ބާރުގަދަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓޭންޑިންގް ކޮމިޓީގެ އައު ދައުރަށް ވާދަކުރަމުން ދިޔަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ އުއްމީދީ ކެނޑިޑޭޓެވެ.

އޭނާ އަކީ ޕޮލިޓް ބިއުރޯގައި ތިއްބަވާ 25 މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

ޗައިނާގެ ފުލުހުންގެ އިދާރާ އިން ޖެންގްކައިގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުން ގެންދާކަން ހާމަކުރިކަމުގައި ވިޔަސް މި މައްސަލައިގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް