ޕާކިސްތާނުގައި ބޮން ގޮއްވުމުގެ ހާދިސާއެއްގައި 26 މީހަކު މަރުވެއްޖެ

ލާހޯރުގައި ދިން ބޮން ގޮއްވުމުގެ ހަމަލާގެ ފަހުން އެސަރަހައްދުގައި އާންމުންނާއި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ ލާހޯރުގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާއެއްގައި 26 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ލާހޯރުގެ ދެކުނުގައި އޮންނަ ކާރޯބާރު ބޮޑު މަގެއްކަމުގައިވާ ފީރޯޒްޕޫރް ރޯޑްގައި ހިނގި މި ހާދިސާގައި އިތުރު 50 މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.

އެހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގެ ތާލިބަނުންގެ ޖަމާއަތުން މިހާރު ނަގައިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ދިން ޖާނުން ފިދާވުމުގެ މިހަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދިޔަ ފުލުހުންނަށެވެ.

"ބީރުވެގެންދާ ވަރުގެ ބާރު އަޑުފަށްގަނޑެއް އިވުނީ،" ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހެއް ކަމުގައިވާ ޝޭރް ދިލް ބުންޏެވެ.

އެސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދިޔައީ އެތަނުގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި ވިޔަފާރިކުރާ ތަންތަން ނެގުމަށް ޓަކައި ކަމަށް އެގައުމުގެ މީޑިއާތަކުން ހަބަރުދެ އެވެ.

މަސްދަރު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު