މިނިވަން ދުވަހާ ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

ހުޅުމާލޭ ސެންޓްރަލް ޕާކު .--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓަންޓް ޑިރެކްޓަރ މުނިސިޕަލް އެޑްމިނިސްޓްރޭޝަން އައިމިނަތު ޒައިނާ ވިދާޅުވީ "މިނިވަން އުފާ"ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިނިވަން ދުވަހުގެ ހަވީރު ކަމަށެވެ.

ޖުލައި 26ގެ ހަވީރު 4:00 އިން 6:00 އަށް މި ހަވީރު ކުރިޔަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ޒައިނާ ވިދާޅުވި ގޮތުގައި އެ ހަވީރުގައި، ކުޑަކުދިންނަށް ކުޅިވަރު ހަރަކާތްތައް ހިންގާ ސްޓޯލްތައް ކުރިޔަށް ދާނެއެވެ.

އެޗްޑީސީގެ އިތުރުން ދިވެހި ފުލުހުންނާއި ހުޅުމާލޭ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލާއި ޖެމްސް ޕްރީސްކޫލުން ހަވީރުގައި ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރޭ އަހަރެވެ.

comment ކޮމެންޓް