އެމެރިކާ އަދި އިނގިރޭސިވިލާތުން ވިޔަފާރި ގުޅުން އިތުރުކުރަން ވާހަކަ ދައްކަނީ

އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ޓްރޭޑް ސެކެޓްރީ ލިއަމް ފޮކްސް ---

އިނގިރޭސިވިލާތުން އީޔޫއިން ނިކުތުމަށް ފަހު އެގައުމުން ވިޔަފާރީގެ ގުޅުމުގެ ފުރަތަމަ ވާހަކަތައް އެމެރިކާއާ ދެއްކުމަށް ތައްޔާރު ވެއްޖެ އެވެ.

އެގައުމުގެ އިންޓަނޭޝަނަލް ޓްރޭޑް ސެކެޓްރީ ލިއަމް ފޮކްސް މިކަމާ ގުޅޭ ގޮތުން އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް ސެކެޓްރީ ރޮބާޓް ލައިޓައިޒާއާ އެކު ވޮޝިންގްޓަނުގައި ދެދުވަހުގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އީޔޫގެ ވިޔަފާރި ގާނޫނުގައިވާ ގޮތުން އިނގިރޭސިވިލާތަށް ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އީޔޫ އަށް ނިސްބަތްވާ ސަރަހައްދުން ބޭރުގައި ކުރާ ވިޔަފާރިތަކުގަ އެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ލިއަމް ވިދާޅުވީ ވާހަކަތަކުގެ މިސްރާބާއި މައިގަނޑުކޮށް މަޝްވަރާ ކުރެވޭނީ ކޮންކަންތައްތަކަކާ ކަމެއް ކަނޑައެޅިގެން ދަންނާވަކަން ނޭނގެ އެވެ.

މީގެ އިތުރުން ވިޔަފާރިއާ ގުޅުން ހުރި ޖަމާއަތްތަކާއި ޓްރޭޑް ޔޫނިއަންތަކުން ވަނީ ކުއްލި ނިންމުމެއް މިފަދަ ބައްދަލުވުމެއްގައި ނިންމައިގެން ނިކުމެދާނެ ނޭދެވޭ ނަތީޖާއަކާ ދޭތެރޭ ވިސްނުމަށް ބާރުއަޅައިފަ އެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް