ސަފު ފަޅާލައި މެމްބަރުން މަޖިލީހަށް ވަން މައްސަލަ ތަހުގީގު ކުރަނީ

ސަފު ފޫއަޅުވާލުމަށް ފަހު މެމްބަރުން މަޖިލީހުގެ ތެރެއަށް ވަންނަނީ-- ސަން ފޮޓޯ؛ ހުސެއިން ހަސަން

މަޖިލިހަށް ވަނުން މަނާކޮށް ފުލުހުން އަޅާފައިވާ ކޯޑަން ހުރަސްކޮށް މަޖިލީހަށް ވަން މެމްބަރުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދު މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަން އިއުލާނު ކޮށްފައިވަނިކޮށް މަޖިލިހަށް ދިއުމުގެ ނަމުގައި ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު ފުލުހުންގެ ސަފުފަޅާލައި އެތެރެއަށް ވަން މެމްބަރުންގެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މަޖިލީހަށް މެމްބަރުން ވަނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެ މެމްބަރުން މަޖިލީހުން ނެރެފަ އެވެ.

ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ފުލުހުން ވަނީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ ބަޔަކު މަޖިލިހަށް ވަދެފައިވާތީ އެމީހުން ނެރުމަށް ފުލުހުން ސިފައިންގެ ކިބައިން އެދުމުން ކަމަށެވެ.

އިދިކޮޅު މަޖިލިސް މެމްބަރުން މިއަދު މަޖިލީހަށް ވަދެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް