މަޖިލީހުގެ ގޭޓުތަކުގައި ތަޅުއަޅުވައިފި

މަޖިލީހުގެ އިރުމަތީ ފަރާތު ގޭޓުގައި ތަޅު އަޅުވާފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ގޭޓްތަކުގައި ތަޅު އަޅުވައި މަޖިލިސް ސަރަހައްދުގައި ސިފައިން ފޯރިމަރަން ފަށައިފި އެވެ.

މަޖިލީހުގައި ތަޅު އަޅުވާފައި މިވަނީ އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ދޮރުތަކުގައި ތަޅު އެޅުވި ސަބަބާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެމްއެންޑީއެފްއަކީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތް ކަމަށާއި ނަމަވެސް ތަޅުއެޅުވި ސަބަބާ ބެހޭ ގޮތުން މަޖިލީހާ ސުވާލު ކުރުން ރަނގަޅު ކަމަށެވެ.

މަޖިލީހުގެ ހުޅަނގުފަރާތު ގޭޓުގައި ތަޅު އަޅުވައިގެން ސިފައިން ފާރައަށް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ތަނަކީ އެމްއެންޑީއެފް ކަމަށެވެ.

މަޖިލީޙުގެ ޖަލްސާއެއް ދެން އޮންނާނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން އިއްޔެ އިއުލާނުކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއަދު ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އަދި އެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދު ﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ވޯޓަށް އަހަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް