ޓްރަމްޕު ދެކެ އަންނަ ރުޅި ބަދަލުކޮށްލި މަޖާ "ޑޮނަލްޑް ޓްރަމްޕް" !

ޓްރަމްޕާ ވައްތަރު ވެގެން އުޅޭ މީހަކު އެމެރިކާސް ގޮޓް ޓެެލެންޓްގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ދުނިޔޭގެ ވަރަށް ގިނަބައެއްގެ ނަފްރަތު އަމާޒު ވެފައިވާ ފަރާތެކެވެ. ޓްރަމްފް އަކީ ކޮންމެ އެއްޗެއް ބުނެލަން ޖެހުނު ނަމަވެސް އެެއްވެސް ފަރުވާލެއް ނުބަހައްޓަވާ ބޭފޫޅެކެވެ.

އެގޮތުން އަންހެނުންނަށާއި މެކްސިކޯގެ ރައްޔިތުން އަދި މުސްލިމުންނަށް އަމާޒުކޮށް ދޭ ބަހުގެ ހަމަލާ ތަކަކީ ގިނަ ބަޔަކު ޓްރަމްޕަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވާ ކަންތައްތަކެވެ.

ޓްރަމްޕް ދެކެ މީހުން ކިތަންމެ ރުޅިއަޔަސް "ޓްރަމްޕް" އާ މާވައްތަރު ވެގެން އުޅޭ މީހަކު މިވަނީ އެންމެންގެ ހިތްތައް ފަތަހަ ކޮށްފައެވެ.

މަޝްހޫރު ފްރެންޗައިސް ޕްރޮގްރާމް "އެމެރިކާސް ގޮޓް ޓެލެންޓް" ގައި ޓްރަމްޕަށް ހެދިގެން އުޅޭ މީހަކު ވަނީ ލަވަ ކިޔައި ނަށައި ހަދައި އެންމެން ހެއްވާ ލައިފައެވެ.

"ޓްރަމްޕް" ވަނީ އެޝޯގައި ކުރީގެ މަޝްހޫރު ބޭންޑް ބެކްސްޓްރީޓް ބޯއިޒްގެ މަޝްހޫރު ލަވަތަކަށް ނަށައި ހަދައިފައެވެ. އޭގެ ތެރޭގައި "އައި ވޯންޓް އިޓް ދެޓް ވޭ " އަދި "އެވްރިބޮޑީ " ހިމެނެއެވެ.

ޝޯ ބެލި ގިނަބަޔަކު ބުނިގޮތުގައި " ޓްރަމްްޕް" ގެ ހުށައަޅައި ދިނުން ވަރަށް މަޖާވެފައި އަސްލު ޓްރަމްޕްގެ ޝަހްސިއްޔަތާ ވަރަށް ގުޅެއެވެ.

comment ކޮމެންޓް