އެމެރިކާ އަދި ފުރާންސުން ސީރިއާގައި ހަރަކާތްތެރިވާ ސިއްރު ސަރަހައްދުތައް ތުރުކީން ފަޅާ އަރުވާލައިފި

އެމެރިކާ އަދި ފްރާންސުގެ ސިފައިން ސީރިއާގައި ހަރަކާތްތެރިވާ ސަރަހައްދު ތަކުގެ ޗާޓު، ތުރުކީގެ ސްޓޭޓް ނިއުސް ޢޭޖޭންސީއިން ލީކްކޮށް ލައިފައި

އެމެރިކާ އަދި ފްރާންސުގެ ސިފައިން ސީރިއާގައި ހަރަކާތްތެރިވާ ސިއްރު ސަރަހައްދުތަކުގެ މައާލޫމާތު ތުރުކީގެ ސްޓޭޓް ނިއުސް އޭޖެންސީން ފަޅާ އަރުވައިލައިފި އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ އަދި ފްރާންސް ސިފައިންގެ ފުރިހަމަ އަދަދު ވެސް ލީކްކޮށްލައިފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެ އެވެ.

ތުރުކީން އެ މައުލޫމާތުތައް ލީކްކޮށްލައިފައި ވަނީ އެމެރިކާ އިން ސީރިއާގެ ކުރިދީންގެ ޖަމާއަތަށް އެހީތެރިވާ މައްސަލައިގައި ތުރުކީ އާއި އެމެރިކާއާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީން ބުނާ ގޮތުގައި ސީރިޔާގެ ކުރުދީންނަކީ، ތުރުކީގައި ހަރަކާތްތެރިވާ ޕީކޭކޭ ޓެރެރިސްޓް ޖަމާއަތުގެ ގޮތްޕެކެވެ.

ފްރާންސް 24 ޗެނަލްގެ ތުރުކީ ކޮރަސްޕޮންޑެންޓް ޖެސްޕާ މޯތިމަރު ބުނިގޮތުގައި އެމައުލޫމާތުތައް ލީކްކޮށްލައިފައި ވަނީ ތުރުކީގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.

"މިއީ ސަރުކާރުން ގަސްދުގައި ހިންގައިފައިވާ އަމަލެއް. އަނޮލޮދޫ އޭޖެންސީ އަކީ ތުރުކީ ސަރުކާރުން ހިންގާ ނޫހެއް. ތުރުކީ ސަރުކާރުގެ ފެހި ސިގްނަލެއް ނެތި އެނޫހުން އެފަދަ މުހިންމު މައުލޫމާތުތަކެއް ފަޅާ އަރުވައެއް ނުލާނެ،" ޖެސްޕާ ބުންޏެވެ.

އެމެރިކާގެ ޕެޏްޓަގަންގެ ސްޕޯކޮސް ޕާސަން މޭޖާ އެޑްރިއާން ރޭންކިން ގެލޮވޭ ވިދާލުވިގޮތުގައި ތުރުކީގެ އެއަމަލުކަުގެ ސަބަބުން އެސަރަހައްދުގައި ހަރާކަތް ތެރިވާ ސިފައިންނަށް ނުރައްކާތެރި ވަމުން ދާކަމަށާއި އަދި އޭގެ ސަބަބުން އައިއެސް ނައްތާލުމުގައި ގޮންޖެހުންތައް ކުރިމަތި ވާނެއެވެ.

comment ކޮމެންޓް