އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 452 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފި

ދިރާގާ ގުޅިގެން މައިކްރޯސޮފްޓުން ދިވެހިރާއްޖެއަށް 'އޮފީސް 365'ގެ ކްލައުޑް އޮފިސް ސުއިޓް ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 452.9 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ޓެލެކޮމިއުނިކޭޝަން ކުންފުނި، ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ 2017 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

މުޅި ޖުމުލަ 452،960،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ނިންމީ މިދިޔަ އެޕްރީލް މަހު ބޭއްވި އާންމު ބައްދަލުވުމުން ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑަށްދީފައިވާ އިހުތިޔާރުގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ހިއްސާގެ ފައިދާ ލިބޭނީ މި މަހު 29ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

comment ކޮމެންޓް