ދިމިސްގް ސަރަހައްދުގައި ހަމަލާ ބަދަލުކުރުން ހުއްޓާކަމުގެ އިއުލާން ސީރިއާ ސިފައިންކޮށްފި

ސީރިއާއަށް ނިސްބަތްވާ އިދިކޮޅު ހަނގުރާމަވެރިއެއް --- ފޮޓޯ:

ސީރިއާގެ ސިފައިން ދިމިސްގްގެ ބޭރުގައި އޮންނަ އިރުމަތީ ގޫތާ ސަރަހައްދުގައި އިދިކޮޅު ހަނގުރާމަވެރިންނާ ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލަނީ ކަމަށް އިއުލާނުކޮށްފި އެވެ.

ސީރިއާ އިން މިފިޔަވަޅު އަޅާފައިމިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ތެރެއިން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ފަރާތްތަކާ އެކު ހަމަލާތައް މަދުކޮށް ނުވަތަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާ އިން އައިސްފައިވާ ކަމަށް އެގައުމުން އިއުލާނު ކުރި ހިސާބުންނެވެ.

ނަމަވެސް މިސަރަހައްދުގެ މައްސަލަތަށް ގާތުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިއެއްބަސްވުން ހިފެހެއްޓޭނެކަމާ މެދު ޝައްކެވެ.

އިރުމަތީ ގޫތާއަކީ ރަޝިޔާ، ތުރުކީ އަދި އީރާނުން މަޝްވަރާކުރެވުނު ހަތަރު "ޑިއެސްކެލޭޝަން ޒޯން" (ހަމަލާތަށް މަދުކުރާ) ތެރޭގައި ހިމެނޭ އެއްސަރަހައްދެވެ.

އީރާނުން ހަމަލާތަށް ހުއްޓާލަނީ ކަމަށް އިއުލާނު ކުރުމުން އިދިކޮޅު ޖަމާއަތެއް ކަމަށްވާ ފޭލަގް އައް-ރަޙްމާނުން ވަނީ މިކަމަށް މަރުހަބާ ކިޔާ މިއެއްބަސްވުމަށް އިހްތިރާމުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް