ލާމު ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

ލ. ގަމުގައި މިރޭ ހިނގި އެކްސިޑެންޓްގައި، ޕާކު ކޮށްފައި އޮތް ޕިކަޕުގައި ޖެހުނު ސައިކަލު ---

ލ. ގަމުގައި މިރޭ އެކްސިޑެންޓެއް ހިނގައި، މެދު އުމުރުގެ މީހަކު މަރުވެއްޖެއެވެ.

ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝާހީން "ސަން"އަށް ވިދާޅުވީ، އެކްސިޑެންޓް ހިނގީ މިރޭ 8:30 އެހައިކަންހާއިރު، ދުއްވާފައި ދިޔަ ސައިކަލެއް، ޕާކު ކޮށްފައި ހުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

ޝާހީން ވިދާޅުވީ، އެކްސިޑެންޓް ހިނގީ ލ. ގަމު މުކުރިމަގު އަވަށާއި މަތިމަރަދޫ އަވަށް ބައިކުރި މަގުގައި، މުކުރިމަގާ ވީ ދިމާލުން ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓް ހިނގުމާ އެކު، އެ ސައިކަލު ދުއްވަން އިން މެދު އުމުރުގެ ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ. އަދި ސައިކަލު ޖެހުމާ އެކު، ޕާކު ކޮށްފައި އޮތް ޕިކަޕުވެސް އޮތްތަނުން ގުޑާފައިވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެ އެކްސިޑެންޓްގައި މަރުވި މީހާގެ މަރު ސާބިތުކުރުމުގެ މަސައްކަތް، ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ކުރިޔަށް އެބަ ދެއެވެ.

comment ކޮމެންޓް