މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާގެ އަމުރު އެއްވެސް ފަރާތަކުން ނެރުނުތޯ ބަލަން ނިންމައިފި

ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ޝަރީޢަތަށް ކުށް ސާބިތުވެފައިވާ މީހުންގެ އިތުރުން، މި ހާދިސާގައި ބަޑި ޖެހުމުގެ އަމުރު، އެއްވެސް ފަރާތަކުން ނެރެފައިވޭތޯ ބަލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މި މައްސަލަ ބަލަން ނިންމީ ވަޒީރުންގެ މަޖިލީހުގައި އެކަމާމެދު މަޝްވަރާ ކުރުމަށް ފަހު މިއަދު ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި މައްސަލަ އިތުރަށް ދިރާސާ ކުރުމުގައި ބަޑިޖެހި ހާދިސާ ހިނގާދިޔަގޮތް ބަލައި މައްސަލަ އިތުރަށް ދިރާސާ ކުރަން ވަޒީރުންގެ ކޮމިޓީއެއްވެސް ވެސް އެކުލަވާލައިފައިވާ ކަމަށެވެ.

މި މައްސަލަ އަލުން ބަލަން ސަރުކާރުން ނިންމެވި އިރު ސެޕްޓެމްބަރު 19 ، 2003ގައި މ. އޭޝިޔާ ހަސަން އީވާން ނަސީމު19، އިގެ މަރަށް ފަހު ޖެހިގެން އައި 20 ވަނަ ދުވަހު މާފުށީ ޖަލުގައި ބަޑި ޖަހައި ގައިދީންތަކެއް މަރާލި މައްސަލާގައި ޝާމިލްވާ ސިފައިން މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް، ޖަލު ހުކުމަށް ބަދަލު ކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ނިންމެވުމުން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން ކުރީގެ ސަރުކާރުގައި މުޖުތައުއަށް ދޫވެފައިވަނިކޮށް އެ މީހުންގެ ތެރެއިން ތިން މީހަކު އަލުން ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.

ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިވެފައިވެ އެވެ.

ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް މަރާލި އީވާންގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރު ހުކުމް އިއްވާފައިވެ އެވެ. އަދި އެނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުގެން ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދު )ފުސްފަރު(ގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ހުކުމް ވަނީ ހުކުމްކޮށްފަ އެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.

އީވާން މަރާލުމުގެ ކުށް ސާބިތުވެގެން ފެބްރުއަރީ 24، 2005 ވަނަ ދުވަހު މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ އަބުދުﷲ ހަސަންގެ މައްޗަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު