އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާކެޓުގައި މަޓާޓޯއާ އެކު ނުވަ ކުންފުންޏެއް

އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖޭގެ ސްޓޯލް --- ފޮޓޯ/ މަޓާޓޯ

އިންޑިއާގެ ބެންގަލޫރުގައި މިއަދު ފެށި އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާކެޓު (އައިއައިޓީއެމް)ގައި، ދިވެހި ޓްރެވަލް އޭޖެންޓުންނާ ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯއާ އެކު ރާއްޖޭގެ ނުވަ ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ސަންއަށް ވިދާޅުވީ، މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ އިންޑިއަން ޓްރެވަލް މާކެޓުގައި، މަޓާޓޯއާ އެކު ރާއްޖޭގެ ރިސޯޓު އޮޕަރޭޓާރުންނާއި ޓްރެވަލް އޭޖެންޓުން އަދި ގެސްޓްހައުސް ހިންގާ ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ.

އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖޭގެ ސްޓޯލް --- ފޮޓޯ/ މަޓާޓޯ

އެ ނުވަ ކުންފުންޏަކީ ސަން ސިޔާމް ރިސޯޓްސް، އަދާރަން ރިސޯޓްސް، ހައިޑްއަވޭ ބީޗު ރިސޯޓް އެންޑް ސްޕާ، ޓާޖް އެގްޒޯޓިކާ، އެރީނާ ހޮޓެލްސް، މޭކް ޕްލޭން، ފިޒިޓެންސް ޓްރެވަލް އެންޑް ޓުއާޒް، ބައިސަން ޓްރެވަލްސް އަދި މޫދު ހޮލިޑޭޒް ހިމެނެއެވެ.

އައިއައިޓީއެމްގައި މި ކުންފުނިތަކުން ގެންދަނީ، އެކުންފުނިތަކުގެ ޓުއާ އަދި ޓްރެވަލް ޕެކޭޖުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ރާއްޖޭގެ ސްޓޯލް --- ފޮޓޯ/ މަޓާޓޯ

މީގެ އިތުރުން، އަސްރާ ވިދާޅުވީ އިންޑިއަން އިންޓަނޭޝަނަލް ޓްރެވަލް މާކެޓުގައި މަޓާޓޯއިން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އައިއައިޓީއެމްއަކީ ވިޔަފާރިތަކުން ގުޅުން ބަދަހިކޮށް، ކްލަޔަންޓުން ހޯދުމާއި ނެޓްވޯކިންގްގެ ޚާއްސަ ޓްރެވަލް ޓްރޭޑް އެގްޒިބިޝަނެކެވެ.

comment ކޮމެންޓް