ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ ދަންވަރު ފަސް މީހަކު ހައްޔަރުކޮށްފި

މާފަންނު ރާނބާ ރެސްޓޯރަންޓް ސަރަހައްދުގައި ރޭ ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ: ޝަހީމް

މޯލްޑިވްސް ޕޮލިސް ސާވިސް އިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޭ ދަންވަރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ މާފަންނުގައި، ރާނބާ ރެސްޓޯރެންޓް ހުންނަ ސަރަހައްދުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ ހަވީރު ހައްޔަރު ކުރެވުނު އަށް މީހުންނާއި އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކުރެވުނު ފަސް މީހުންނަކީ އެއް އޮޕަރޭޝަނެއްގެ ދަށުން ހައްޔަރުކުރެވުނު ބައެއް ކަމަށެވެ.

މިއީ ތަހުގީގުކުރެވެމުންދާ ދެ މައްސަލަކަމުން މިދެ މައްސަލައިގެ އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްކަމަށާއި ނަމަވެސް މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުން މިދެ މައްސަލައިގެ ތަފްސީލު މީޑިއާއާ ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންވަނީ މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި އިއްޔެ ހަވީރު އަށް މީހެއް ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް