ޕޮއިސް އިން ''ހޮޓް އައިސް''ގެ ސްޕޯޓްސް ބޮޑީ ސްޕްރޭ ތައާރަފްކޮށްފި

ހޮޓް އައިސްގެ ސްޕޯޓްސް އެޑިޝަން ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގައި ސެންޓާއި ބޮޑީ ސްޕްރޭގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ "ޕޮއިސް" އިން ހޮޓް އައިސް ބްރޭންޑުގެ ސްޕޯޓްސް އެޑިޝަން ތައާރަފްކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އެޑިޝަން ނެރެދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަސަދުއްﷲ އަބްދުﷲ އާއި ހަމްދާން އަލީ އެވެ.

ހޮޓް އައިސްގެ ސްޕޯޓްސް އެޑިޝަންގައި ހުންނަނީ ފިރިހެން ބޮޑީ ސްޕްރޭ އެކަންޏެވެ. ޑުބާއީއަށް ނިސްބަތްވާ އެ ބްރޭންޑުގެ ސްޕޯޓްސް އެޑިޝަން މިރެއިން ފެށިގެން ޕޮއިސްގެ ފިހާރައިން ލިބެން ހުންނާނެ އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވި އެވެ.

comment ކޮމެންޓް