އެސްޓީއޯ ރޮބާޓު ރަމަޟާން ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ސުޕަމާޓުން މިއަހަރުގެ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ ރޮބާޓް ރަމަޟާން ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.

ޑެންމާކްގެ ރޮބާޓް ބްރޭންޑުގެ ލަންޗަން މީޓަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަނުގައި، ރޮބާޓް ލަންޗަން މީޓަށް ކުރި ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެއެވެ.

މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ގުރުއަތުމުގައި، ރޮބާޓް ރަމަޟާން ޕްރޮމޯޝަނުގެ ނަސީބުވެރިން ވަނީ ހޮވައިފައެވެ. އެއްވަނައަށް ހޮވުނީ ފާތިމަތު ޒުމްރާއެވެ. ދެވަނައަށް މޫސާ ޒަހުވާން ހޮވުނު އިރު، ތިންވަނައަށް ހޮވުނީ ސާތަރު މުހައްމަދެވެ.

މި ތިން ނަސީބުވެރިންނަށް، އެސްޓީއޯ ސުޕަމާޓުން އެއް އަހަރު ދުވަހަށް ހިލޭ ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ތިން ނަސީބުވެރިންގެ އިތުރުން، އިތުރު 10 ނަސީބުވެރިއަކު ވަނޯ ހޮވައިފައެވެ. އެ 10 ނަސީބުވެރިންނަށް އަގުހުރި ތަފާތު އިނާމުތަކެއް އެސްޓީއޯއިން ދޭނެއެވެ.

comment ކޮމެންޓް