އީވޯ ރޯދަ ޕްރޮމޯގެ ނަސީބުވެރިން ހޮވައިފި

އީވޯ ރޯދަ ޕްރޮމޯގެ ނަސީބުވެރިން ހޮވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީވޯ ހޯމް އިން މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ އީވޯ ރޯދަ ޕްރޮމޯގެ ނަސީބުވެރިން ހޮވައިފިއެވެ.

އީވޯ ހޯމް އިން ކުރިޔަށް ގެންދިޔަ ރޯދަ ޕްރޮމޯޝަނުގައި، އީވޯ ހޯމް ގިނަ ޕްރޮޑަކްޓްތަކަކުން 40 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެއެވެ.

މީގެ އިތުރުން، އެތަނުން ކަސްޓަމަރުން ކުރާ ކޮންމެ 5،000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެއެވެ.

މިއަދު ނަސީބުވެރިން ހޮވާފައިވާ އިރު، އެއްވަނައަށް ހޮވުނީ އައިމިނަތު އިމާނީ އަހްމަދު ނިޔާޒެވެ. ދެވަނައަށް ޝާރިހު ހޮވުނު އިރު، ތިންވަނަ ނަސީބުވެރިއަކަށް ހޮވުނީ ޒަހާ ޒުހޫރެވެ.

އީވޯ ރޯދަ ޕްރޮމޯގެ ދަށުން މިއަހަރު އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ސީމެންސް ބްރޭންޑްގެ ދޮންނަ މެޝިނެކެވެ. ދެވަނައަށް ސީމެންސްގެ ސްޓޭންޑިންގް ފްރީޒަރެއް ހުށަހެޅި އިރު، ތިންވަނަ ނަސީބުވެރިޔާއަށް ލިބޭ އިނާމަކީ ސީމެންސް ގޭސް ކުކަރެކެވެ.

އީވޯ ހޯމްއިން ޖަރުމަނުގެ އެންމެ މަތީ ފަރުނީޗަރު ބްރޭންޑުތަކާއި ގޭތެރޭގެ ސާމާނު ލިބެން ހުންނަ އިރު، ކަސްޓަމަރު ބޭނުންވާ ގޮތަކަށް ތަކެތި ފަރުމާކޮށްގެން އީވޯއިން ރާއްޖެ އެތެރެވެސް ކޮށްދެއެވެ.

comment ކޮމެންޓް