ބައިސްކަލުގެ މެރެތަންގެ އެންމެ މަޝްހޫރު މުބާރާތް 'ޓުއާ ޑި ފްރާންސް' ގައި ވާދަކުރާ މަޝްހޫރު ސައިކަލިސްޓް ޕަވެލް ޕޮލަންސްކީ އޭނާގެ ދެފައިގެ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމު ކޮށްލި ހިސާބުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިއްޖެ އެވެ.
ފައިގެ ފަލަމަސް ގަނޑުން ފެށިގެން ތިރިޔަށް ޕޮލަންސްކީގެ ދެފައިގެ ފޮޓޯ އިންސްޓަގްރާމްގައި އާންމުކުރި ހިސާބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އޭނާކައިރީ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެދިފަ އެވެ.
އޭނާގެ ފޮޓޯއަށް ކޮމެންޓްކުރި އެކަކު އެއީ "ހިއުމަން ލީފް" އެކޭ ވެސް ވަނީ ބުނެފަ އެވެ. އެކޮމެންޓުކުރީ ކީއްވެގެންކަން ފޮޓޯ ބަލާލުމުން ނޭނގިގެން އުޅޭކަށް ނުޖެހޭނެ އެވެ. ޕޮލަންސްކީގެ ދެފައިގައި ވަނީ ނާރުތައް ފުފި މުޅިދެފައިގައި ނާރުތައް ފެންނާށެވެ.
މީގެ އިތުރުން އޭނާގެ ފައިތިލަ ވަނީ ނޫކުލައަރައި ދުޅަ ވެސްވެފަ އެވެ.
ޕޮލަންސްކީ ވަނީ މިމުބާރާތުގައި ފާއިތުވި 18 ދުވަހުގެ ތެރޭގައި 2،829 ކިލޯ މީޓަރުގެ ރާސްތާއެއް ބައިސްކަލުގައި ކަޑައްތުކޮށްފަ އެވެ.
އާންމު ގޮތެއްގައި "ޓުއާ ޑި ފްރާންސް"ގައިި ބައިވެރިވާ ސައިކްލިންޓުންގެ ފައި ހުންނަނީ ވަރުގަދަކޮށް ނާރުތައް ފުފިފަ އެވެ. އެއީ އެމީހުންގެ ތަމްރީނުތައް ހާއްސަކޮށްފައި ހުންނަނީ ފައިގެ ބާރު ވަރުގަދަ ކުރުމަށް ކަމަށްވާތީ އެވެ.
"ޓުއާ ޑި ފްރާންސް"އަކީ ކޮންމެ އަހަރަކުު ބާއްވާ ބައިސްކަލު ދުއްވުމުގެ މުބާރާތެކެވެ. ތަފާތުއެކި ސްޓޭޖްތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މުބާރާތް އާންމު ގޮތެއްގައި ބާއްވަނީ ފްރާންސްގަ އެވެ.