ހައުސިންގް އަދި އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ ދެ ބޭފުޅަކު ވަކިކޮށްފި

(ކ) އަހްމަދު ހަބީބު އަދި (ވ) އަހްމަދު ޝާކިރު ---

ހައުސިންގް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތަކެއް އަދާކުރައްވަމުން ގެންދެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ހަބީބު އިއްޔެ ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

މީގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މ. ސްޕެޓިއުލާ، އަހްމަދު ޝާކިރު މަގާމުން ވަކިކުރީ މިއަދު އެވެ.

comment ކޮމެންޓް