ރިބްޕްލިކަން ސެނެޓާ ޖޯން މެކެއިންއަށް ސިކުނޑީގެ ކެންސަރު ޖެހިއްޖެ

ހަދައުރު ވަންދެން އެމެރިކާގެ ސެނެޓާކަން ކުރައްވާފައިވާ ޖޯން މެކެއިން --- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ މަޝްހޫރު އަދި ދުވަސްވީ ރިޕަބްލިކަން ސެނެޓާ ޖޯން މެކެއިންނަށް ވަނީ ސިކުނޑީގެ ކެންސަރު ޖެހިފައިކަމަށާއި އަދި ފަރުވާއެއް ހޯދަމުންދާ ކަމަށް އެބޭފުޅާގެ އޮފީހުން ބުނެފި އެވެ.

މެކެއިންގެ ކެންސަރަށް ކީމޯތެރަޕީ އަދި ރޭޑިއޭޝަންގެ ފަރުވާ ހޯދުމަށް ތައްޔާރުވަމުން ގެންދާ ކަމަށް އެބޭފުޅާގެ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ސެނެޓާ މެކެއިންގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގިގެންދިޔައީ އެބޭފުޅާގެ ވައަތު ލޮލުގެ އެތެރޭގައި ލޭ ގަނޑުވެ ހަރުވެފައި ހުރުމުގެ ސަބަބުން އެތަކެތި ނެގުމަށް ކުރި އޮޕަރޭޝަންގެ ތެރޭގަ އެވެ.

ހަދައުރެއްގައި ސެނެޓާކަން ކުރައްވާފައިވާ އަދި 2008 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބަރަކް އޮބާމާއާ ދެކޮޅަށް ވާދަކުރެއްވި މެކެއިން ވަނީ ލޮލުގެ އެތެރޭގައި އުފެދުނު ގަނޑު ލޭ ނެގުމުގެ އޮޕަރޭޝަން މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެރިޒޯނާގެ ފީނިކްސްގެ ކްލިނިކެއްގައި ކުރައްވައިފަ އެވެ.

މައުލޫމާތު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު