ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި 33 އަހަރުގެ ބިދޭސީއަކު ގއ. ދާންދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ބިދޭސީ މީހާ ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ދާންދޫ ކޯޓުން ވަނީ އެ ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކުޑަކުދިންނާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި އެފަދަ ކުށްތަކަށް ވަނީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

އެ ގާނޫނުގެ ދަށުން ގިނަ ބަޔަކަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައެވެ.

comment ކޮމެންޓް