އީރާނަށް ދެން 17 ލަނޑެއް ވެސް ނުޖެހޭނެ، ނުވަ ލަނޑެއް ވެސް ނުޖެހޭނެ: ދަގަނޑޭ

ރާއްޖެކޮޅަށް އީރާނަށް ދެން ލަނޑުގޯންޏެއް އޮއްސައި ނުލެވޭނެ ކަމަށް ރާއްޖޭގެ ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް )ދަނގަޑޭ( ބުނެފި އެވެ. ދަގަނޑޭ މިއަދު ބުނީ ކުރިން ރާއްޖެ ކޮޅަށް އީރާނުން 17 ލަނޑު ޖެހިއަސް އެތާރީހު އިރާނަށް އިއާދަ ނުކުރެވޭނެ ކަމުގެ ޔަޤީން ކަން އޮތް ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 23 ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅެން މާދަމާ ގައުމީ ޓީމް އެގައުމަށް ދާއިރު ދަނގަޑޭ ބުނީ، ސީރިއާގައި 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން ކުޅުނު އިރު އީރާނުން ރާއްޖެ ކޮޅަށް ފުލުފުލުގައި ގޯލު ޖަހައި 17 ލަނޑު ހަމަކުރި ނަމަވެސް ދެން އެއަދަދަށް ރާއްޖޭގެ ގޯލަށް ލަނޑު ޖެހުމަކީ ޔަގީނުން ވެސް އީރާނަށް ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ބުނީ އެމުބާރާތުގައި އީރާނުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖެހި ޖެހިނަމަވެސް، އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗްގައި ނުވަ ލަނޑު ވެސް ނުޖެހޭނެ ކަމަށެވެ.

"މާކުރިން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި ކަމުގައި ވިސް، މިހާރަކު ނުޖެހޭނެ. ޓީމްގެ ފެންވަރު މިހާރު މާ ރަނގަޅު. ހުރިހާ ކުޅުންތެރިން ވެސް މިހާރު ތިބީ އެއް އަޒުމެއްގައި އިރާން މެޗަށް ތައްޔާރުވެ. އޭރުގެ ޓީމާ މިހާރުގެ ޓީމް މާބޮޑަށް ވެސް ތަފާތު" ކެޕްޓަން ދަނގަޑޭ ބުންޏެވެ.

ކެޕްޓަން ދަނގަޑޭ ބުނީ، އިރާނާއެކު ކުޅޭ މެޗް އެއްވަރު ވެއްޖެ ނަމަ، ރާއްޖޭގައި އިރާނާއެކު ކުޅޭ ދެ ވަނަ މެޗަކީ މުޅިޓީމަށް ވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި މިފަދަ ބޮޑު މުބާރާތަކަށް ރާއްޖެ މިފަހަރު އާ ކޯޗަކާއެކު ނުކުމެ މިހާތަނަށް ޓީމް ދައްކަމުން އެދާ ކުޅުމަށާއި ކޯޗްގެ އިރުޝާދަށް ވެސް ތައުރީފު ހައްގުވާ ކަމަށެވެ. ނިމިގެން ދިޔަ ސާފްޗެމްޕިއަންޝިޕްގައި ވެސް ޓީމުގައި އޮތް، ރޫހު މިހާރުވެސް އޮތް ކަމަށް ދަގަނޑޭ ބުންޏެވެ.
"ކުރިން ވެސް ޓީމުގައި އޮތް ރޫހު މިހާރުވެސް އެބޮތް. ހަމަ އެގޮތަށް އެންމެން ވެސް ތިބީ އިރާން ދެކޮޅަށް ނުކުންނަން ތައްޔާރަށް. ހުރިހާ ކުޅުންތެރިން ވެސް ދެކެނީ އެއްގޮތަކަށް. ފޯކަސް ހުރީ އެއްދިމާލަކަށް. ހަމަ އެއްރޫހެއްގަ. އެއް އަޒުމެއްގަ،" ހުނަރުވެރި ފޯވާޑް ބުންޏެވެ.

އިރާންމެޗަށް ތައްޔާރު ވުމުގެ ގޮތުން ޓީމް މާލޭގައި މިރޭ އެންމެ ފަހު ފަރިތަކުންތައް ކުރާއިރު، ޓީމަށް އިރުޝާދު ދިނުމަށްޓަކައި ގެނެސްފައިހުރި އާޖެންޓީނާގެ ޓްރެއިނަރުގެ އިރުޝާދުތަކާމެދު ހިތް ހަމަޖެހޭ ކަމަށާއި އަހަރެއްހާ ދުވަހު ޓްރޭނަރާއެކު މަސައްކަތް ކޮށްލައިފިނަމަ ދިވެހި ޓީމަކީ މޮޅު ޓީމެއް ކަން އެގިގެން ދާނެކަމަށް ވެސް ކެޕްޓަން ދަނގަޑޭ މިއަދު ބުންޏެވެ.

ގައުމީ ޓީމު ވަނީ އީރާން މެޗަށް ތައްޔާރުވުމަށް، ދާދިފަހުން ވަނީ އިންޑިޔާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ގަލޮޅު ދަނޑުގައި ކުޅެ 1-1 އިން އެއްވަރުކޮށްފަ އެވެ. އެ މެޗް ބެލި އީރާންގެ ކޯޗު ޕޯޗުގަލްގެ ކާލޮސް ކުއެރޮޒް ބުނެފައި ވަނީ ކެޕްޓަން ދަނގަޑޭ ދެއްކި މޮޅު ކުޅުމާމެދު ހައިރާންވި ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ރާއްޖެ އާއި އީރާން ތެހެރާނުގައި ކުޅުމަށް ފަހު ދެ ވަނަ މެޗް ކުޅޭނީ މި މަހު 28 ގައި މާލޭގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު