ސާޓާގެ ބްރޯޑްކާސްޓިން ޕާޓްނަރާއެކު ސޮއިކޮށްފި

ސަޓާގެ ބްރޯޑްކާސްޓިން ޕާޓްނަރާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައިިރައިޒް

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ބްރޯޑްކާސްޓިން ޕާޓްނަރާ އެކު މިއަދު ސޮއިކޮށްފިއެވެ.

ޕީއެސްއެމް ރޭޑިއޯ ބިލްޑިންގައިި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސާޓާގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސައި ސޮއި ކުރީ ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ޗެނަލާ އެކު އެވެ. އެ އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއި ކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިނެވެ. ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އީ ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީނެވެ.

ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސި އިރު، އެ އެވޯޑު ހަފްލާގެ މިއަހަރުގެ އަދި މިދިޔަ އަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ދެވަނަ ފަހަރެވެ. މި އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

ސަޓާއަށް ހަމަޖެއްސި އިތުރު ޕާޓްނަރުންގެ ތެރޭގައި، ހޮސްޕިޓަލިޓީ ޕާޓްނަރަކީ ޗަމްޕާ ސެންޓްރަލް ހޮޓަލެވެ. ޓްރެވަލް މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ މޯލްޑިވްސް އިންސައިޑަރ، މޯލްޑިވްސް ޕަބްލިކޭޝަންސް (އައިލެންޑް ޗީފް) އަދި އެމްވީ ހޮޓެލްސްއެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނޭ އިރު 400 އަށްވުރެ ގިނަ ޓްރެވަލް ބްރޭންޑުތައް ވަނީ ސައުތް އޭޝިއާ ސަރަހައްދުން ނޮމިނޭޓުކޮށްފައެވެ.

މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި އަންނަ އޮކްޓޯބަރު މަހު އެވެ.

comment ކޮމެންޓް