'ފޭކް ފޮޓޯ' ދެނެގަތުމަކީ މީހުންނަށް ފަސޭހަކަމެއް ނޫން: ދިރާސާ

'ފޭކް' ފޮޓޯ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ފޮޓޯ (ކ) އަދި އަސްލު ފޮޓޯ (ވަ) --- ފޮޓޯ: ދަ ބްރެއިން

މިދައްކަނީ ދަށް ކޮލިޓީގައި އާދައިގެ ގޮތަކަށް ފޮޓޯޝޮޕްގެ ޒަރީއާއިން އެޑިޓްކޮށްފައި ހުންނަ ފޮޓޯތަކުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މިދާއިރާގައި ކުޅަދާނަ އަދި ތަމްރީނު ލިބިފައި ތިބި މީހުން އެޑިޓްކުރާ ފޮޓޯތަކުގެ ވާހަކަ އެވެ.

އެފަދަ ފޮޓޯތަކުގެ ދޮގު ތެދުމިން ދެނެގަތުންް އެއީ އާންމުންނަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު މިފަދަ ފޮޓޯތަކުގައި ވެސް ފާހަގަކުރެވޭނެ ކަންތައްތައް ހުންނަ ކަމަށާއި މިދާއިރާގައި އުޅޭ ފަންނުވެރިންނަށް ވެސް ގިނަފަހަރު އެމީހުން ފިޔަވާ އެހެންމީހުން އެޑިޓް ކޮށްފަ ހުންނަ ފޮޓޯތަށް ދެނެގަންނަން އުނދަގޫ ކަމަށް ޔުނިވާސިޓީ އޮފް ވާވިކްގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

މިދިރާސާ އިން ދައްކާ ގޮތުގައި މިފަދައިން "ޑިޖިޓަލީ އޮލްޓަރްޑް" ނުވަތަ އެޑިޓް ކޮށްފައި ހުންނަ ފޮޓޯ މީހަކަށް ދެނެގަނެވޭ މިންވަރަކީ 60 ޕަސެންޓްކަމަށްވާއިރު، ގިނަފަހަރު އެޑިޓުކުރެވިފައި ވަނީ ފޮޓޯއިން ކޯޗެއްކަމެއް ގިނަ މީހުންނަކަށް ދެނެއެއް ނުގަނެވެ އެވެ.

ވާވިކް ޔުނިވާސިޓީގެ މިދިރާސާގެ ވާހަކަ އެހާބޮޑަށް ވައިގައި ހިފާފައިމިވަނީ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއްގެ ހަގީގަށް ފަޅާއެރި ހިސާބުންނެވެ.

އެއީ ޖަރުމަނުވިލާތުގައި ބޭއްވުނު ޖީ 20 ސަމިޓުގައި ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖަރުމަނުވިލާތުގެ ޗާންސެލާ އެންޖެލާ މާކެލްއާއި ތުރުކީގެ ރައީސް އުރްދުގާންގެ އިތުރުން ރަޝިޔާގެ ރައީސް ވްލެޑްމިއާ ޕޫޓިން މަޝްވަރާކުރާ މަންޒަރު ފެނެ އެވެ.

ނަމަވެސް ފޮޓޯގްރަފީގެ ދިރާސާތައް ކުރާ ބައެއް ފަރާތްތަކުންވަނީ ޓުވިޓާ އަދި ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޮޓޯއަކީ އަސްލު ފޮޓޯއެއް ނޫންކަމަށާއި، އަސްލު ފޮޓޯގައި ރަޝިޔާގެ ރައީސް ޕޫޓިން ނުހިމެނޭ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ސޯޝަލް މީޑިއާގެ ތެރޭގައި ދައުރުވަމުން ދިޔައީ ރަޝިޔާގެ ރަސްމީ މީޑިއާ އިން އެޑިޓުކޮށްފައިވާ ފޮޓޯއެއް ކަމަށް މިފަރާތްތަކުން ބުނެ އެވެ. އަދި އަސްލު ފޮޓޯއާއި އެޑިޓުކޮށްފައިވާ ފޮޓޯވަނީ ބައެއް ޓުވިޓާ ހޭންޑަލްތަކުން ހިއްސާވެސްކޮށްފަ އެވެ.

comment ކޮމެންޓް