ގަދަ ހަތަރެއްގެ ޖާގައާ އެކު ގްރީން ހެވިލާފައި އޮތްއިރު އީގަލްސް އަށް ފައިނަލެއް

04 މާޗް 2017: މާލެ ލީގުގައި ޔުނައިޓެޓް ވިކްޓަރީ އާއި ކުލަބް އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން: 2-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ އީގަލްސް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ހަވީރު މާލޭ ލީގުގައި އީގަލްސް އަދި ގްރީން ސްޓްރީޓް ވަދާކުރާއިރު ގަދަ ހަތަރެއްގެ ޔަގީން ޖާގައާ އެކު ގްރީން ހެވިފައި އޮތް އިރު މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއް ކަމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލްގަނީ (ސާންތި) ބުނެފި އެވެ.

ގަދަ ހަތަރަކުން ޖާގައެއް ކަށަވަރު ކުރުމަށް އީގަލްސް އަށް އެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. ބަލިވެއްޖެ ނަމަ އެ ޖާގަ ލިބޭނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ.

މެޗާ ގުޅޭ ގޮތުން އީގަލްސްގެ ކޯޗް ބުނީ އޭނާ އަކީ ކޮންމެ ކަމަކަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް ކަމަށާއި މި މެޗަކީ މި އަހަރު ކުރިމަތިވާނެ އެންމެ އުނދަގޫ މެޗު ކަމަށެވެ.

"ހަގީގަތުގައި މިއީ ފައިނަލެއް. ގްރީން އާ ދެކޮޅަށް ކުޅޭ މެޗެއް ފަސޭހައެއް ނުވާނެ،" ސާންތި ބުންޏެވެ.

ސާންތި ބުނީ މުޅި ޓީމް އޮތީ މެޗަށް ތައްޔާރުވެގެން ކަމަށާއި މެޗު ފަސޭހަކޮށްލައިގެން ތިބެވެން ނެތް ކަމަށެވެ. އަދި ބުނީ އުންމީދަކީ ކުޅުންތެރިންގެ ފަރާތުން ވެސް މެޗުގައި ރަނގަޅު ކަންތައްތަކެއް ފެނުން ކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އީގަލްސް އަދި ގްރީން ސްޓްރީޓް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 16:00ގަ އެވެ.

comment ކޮމެންޓް