އަގުއެރޯއަށް މެންސިޓީން އަގެއް ކިއުމަށް ތައްޔާރުވަނީ

އިނގިރޭސި މުއްސަނދި ކްލަބް މެންޗެސްޓާ ސިޓީއިން ވަރަށް އަވަހަށް އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯ ހޯދުމަށް އަގެއް ކިޔާނެކަމަށް އެކްލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ސިޓީއިން ކެޕްޓަން ޓެވޭޒް ދޫކޮށް ދާންއުޅޭތީ އެތަން ފޫބެއްދޭނެ ކުޅުންތެރިއެއް ހޯދުމަށް މަންޗިނީއަށް ވަނީ މަޖުބޫރުވެފައެވެ.

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ހޯދުމަށް ބްރެޒިލްގެ ކޮރިންތިއަންސުން ހުށަހެޅި އަގަށް މެންސިޓީން އެއްބަސްވެފައިވާކަމަށް މީޑިއާގައި ދެކެވެމުން އަންނަނިކޮށް ކޮރިންތިއަންސްއިން އެކަން ދޮގުކޮށްވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

ޓެވޭޒް ކޮރިންތިއަންސްއާއި ދެމެދު ހެދިފައިވާ އެއްބަސްވުން އުޅޭ ހިސާބު އަދި ނޭނގޭ ކަމަށް ސިޓީގެ ކޯޗް މަންޗިނީ ކޯޗް ވެސް ވަނީ ބުނެފަ އެވެ.

"އަހަރެންނަކަށް ނޭނގޭ ޓެވޭޒްގެ ޓްރާންސްފާ ކަންތައްތައް މިހާރު ގޮސްއޮތް ހިސާބެއް. އަހަރެން މިހާރު އެންމެ ބޮޑު އިސްކަމެއް މިދެނީ ކުރިއަށް އޮތް އެކުވެރިކަމުގެ މެޗްތަކަށް. އަހަރެންނަށް ޓެވޭޒްއަކާއި އަދި ނުގުޅެ." އެކުވެރިކަމުގެ މެޗެއްގައި ވެންކޯވާއާއި ބައްދަލުކޮށް 2-1 ން މެންސިޓީ މޮޅުވިމެޗަށްފަހު ކޯޗް މަންޗިނީ ބުންޏެވެ.

އެތްލެޓީކޯ މެޑްރިޑަށް ކުޅެމުންއަންނަ އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯއަށް މެންސިޓީން ވަރަށް އަވަހަށް އަގެއް ކިޔާނެކަމަށް އުންމީދުކުރާ ކަމަށާއި އަދި އެކަމާއި ބެހޭގޮތުން އެއްވެސް މީހަކާއި މަޝްވަރާ ނުކުރާކަމަށް މަންޗިނީ ހާމަކުރި އެވެ.

"އަގުއެރޯއަށް ވަރަށް އަވަހަށް އަގެއް ކިޔާނެކަމަށް އުންމީދުކުރަން. އަހަރެން އަދި އެކާމާއި އެއްވެސް މީހަކާއި މަޝްވަރާއެއް ނުކުރަން. އެކަމަކު ވަރަށް އަވަހަށް މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދާނަން." ކޯޗް މަންޗިނީ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު