ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ހަ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓުގައި ގެއްލުންވި ކާރު -- ފޮޓޯ: ޕޮލިސް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:23 ގައި ކަމަށާއި އެހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ދަނޑިމަގު ސަރަހައްދުގައި ހުރި ރުކެއްގައި ކާރެއް ޖެހި އެކްސިޑެންޓު ވެގެން ކަމަށެވެ. އަދި އަނިޔާވި ފަސް މީހުންނަށް ޏ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ދަނޑިމަގު ފްލެޓާއި ދިމާލުން ރުކެއްގައި ޖެހިގެންނެވެ. އަދި އެ ކާރަށް ބޮޑެތި ގެއްލުން ވެފައިވާއިރު، ކާރު އޮތީ ދެ ރުށް ދޭތެރޭގައި ތާށިވެފައި ކަމަށްވެސް އެމީހާ ކިޔައިދިނެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.

comment ކޮމެންޓް