ދެކުނުގެ ހަތަރު އަތޮޅުގައި ކުނިމެނޭޖް ކުރާނެ ޕްލާނެއް އެކުލަވާލުމަށް މަހާސިންތާއެއް ފަށައިފި

ގއ. ވިލިނގިލީގައި މިއަދު ފެށި ސާފުރާއްޖެ ސަރަހައްދީ މަހާސިންތާގެ ތެރެއިން --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖޭގެ ދެކުނުގައި އޮންނަ ހަތަރު އަތޮޅުތަކުގެ ރަށްރަށުގައި ރަށުފެންވަރުގައި ކުނި މެނޭޖު ކުރާނެ ރަނގަޅު ޕްލޭންތަކެއް އެކުލަވާލުމަށް ޓަކައި ސާފުރާއްޖެ ސަރަހައްދީ މަހާސިންތާ ގއ. ވިލިނގިލީގައި މިއަދު ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މަހާސިންތާގައި ގއ، ގދ، ޏ. އަދި އައްޑޫ ސިޓީ އިން 100 މަންދޫބުން ބައިވެރިވާ ކަމަށެވެ.

"ދިވެހިރާއްޖެ މި ވަނީ ސާފުރާއްޖެއަކަށް ވާން ފަށާފައި"ގެ ނަމުގައި ކުރިއަށްދާ އެ މަހާސިންތާ ހުޅުއްވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބް އަލީ އާމިރެވެ.

ގއ. ވިލިނގިލީގައި މިއަދު ފެށި ސާފުރާއްޖެ ސަރަހައްދީ މަހާސިންތާގެ ތެރެއިން --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ، ޓޫރިޒަމާއި މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވޭނީ ރާއްޖެއަކީ ސާފު ރާއްޖެ އަކަށް ހަދައިގެން ރައްޔިތުންނަށް އެކަން ގަބޫލުުރެވިގެން ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށި ހަދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް 2018 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މަހާސިންތާގައި ކުރިއަށްދާ ކަންތައްތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގާނޫނަށް މަހާސިންތާގެ ބައިވެރިންގެ ހިޔާލު ހޯދާނެ އެވެ. އަދި ކުނި މެނޭޖްކުރުމުގެ ގައުމީ ސިޔާސަތާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރާނެ އެވެ.

comment ކޮމެންޓް