އިންޓަ ރިސޯޓް ކުރިކެޓް މުބާރާތް މި މަހު 24 ވަނަ ދުވަހު ބޮޑުހުރާ ރިސޯޓްގައި ބާއްވަނީ

ހަތަރު ވަނަ "ދިލްމާ" އިންޓަ ރިސޯޓް ކުރިކެޓް މުބާރާތް މި މަހު 24 ވަނަ ދުވަހު ކ. އަތޮޅު ބޮޑުހުރާ ރިސޯޓްގައި ބޭއްވުމަށް ނިންމައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ އިރު، އަދި މިވީހާތަނަށް ބައިވެރިވެފައި ވަނީ ހަތަރު ރިސޯޓަކުން ކަމަށެވެ. އެއީ ހުސްވި ތިން އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި މީރު އައިލެންޑް ރިސޯޓާއި ކުލަބް މެޑް ރިސޯޓާއި، ފޯސީޒަން ރިސޯޓްގެ އިތުރުން ތާޖް ރިސޯޓެވެ.

"މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އަދި ވެސް ވަނީ ހުޅުވާލައިފައި. ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް. މުބާރާތުގައި ބައިވެރި ވެވޭނީ ޖުމްލަ ހަ ޓީމަށް. ހަ ޓީމް ބައިވެރި ވެއްޖެ ނަމަ މުބާރާތް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެން. ހަ ޓީމަށް ވުރެ މަދުން ބައިވެރި ވެއްޖެ ނަމަ މުބާރާތް ކުރިއަށް ގެންދާނީ އެންމެ މޮޅު ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެއް ދުވަހުން ނިމޭ މި މުބާރާތުގެ އެންމެ މޮޅު ޓީމަކަށް 10000ރުފިޔާ ހުށަހަޅާފައިވާ އިރު، މުބާރާތް ސްޕޮންސާކޮށްފައި ވަނީ ސިމްޑީ އިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު