ސެމީފައިނަލުގައި ސިފައިން ޓީރެކްސް އާ ދެކޮޅަށް ނުކުންނައިރު އަވަ އެފްޓީ އެމްޕީއެލްއާ ދެކޮޅަށް

އެފްއޭއެމް ވިމެންސް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ދޭއްގެ އެއްވަނަ ހޯދައި، ސެމީން ޖާގައެއް ހޯދި އަވަ އެފްޓީ: އެ ޓީމު ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދާފައި --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރަތުގެ ސެމީފައިނަލުގައި ސިފައިންނާއި ޓީރެކްސް ބައްދަލު ކުރަން ޖެހުނުއިރު ދެވަނަ ސެމީގައި އެމްޕީއެލް އަދި އަވަ އެފްޓީ ވާދަކުރަން ޖެހިއްޖެއެވެ.

އެމްއެންޑިއެފް ފައިނަލަށް ދަތުރުކުރީ ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ޓީރެކްސް ސެމީއަށް ދިޔައީ ދެވަނަ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މި ދެޓީމް ވާދަކުރާ ސެމީ ފައިނަލް މެޗް އޮންނާނީ މާދަމާ ރޭ 20:30 ގައެވެ.

އަވަ އެފްޓީ ސެމީން ޖާގައެއް ކަށަވަރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގުރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓިމާ ވާދަކުރަންޖެހޭ އެމްޕީއެލްއަކީ ގުރޫޕް 1 ގެ ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެވެ.

އެ ދެޓީމް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:30 ގައެވެ.

ސެމީ ފައިނަލުގެ ދެ މެޗުވެސް ކުރިއަށްދާނީ އެފްއޭއެމް ކުރިމަތީގައި އޮންނަ ޓާފް ދަނޑުގައެވެ.

އެހެން މުބާރާތްތަކާ ޚިލާފަށް އެފްއޭއެމުން އިންތިޒާމްކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިޔަކަށް ކުޅެވޭއިރު، ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައިވާއިރު، ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ވެސް ޚާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް