Sun Online
ވިޔަފާރި

ޗައިނާގެ އިގުތިޞާދު، ބާރު ދުވެލީގައި ކުރިއަށް

މުހައްމަދު ރީހާން
ލިޔުނީމުހައްމަދު ރީހާން

ޗައިނާގެ އިގުތިޞާދު މިއަހަރުގެ އެޕްރީލު މަހުން ޖޫން މަހަށް 6.9 ޕަސެންޓް ކުރިޔަށް ޖެހިލައިފި ކަމަށް އެކިއެކި ތަފާސްް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ އެގައުމުގެ އިގުތިޞާދީ ހާލަތު ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެކެވެ.

ޗައިނާގެ ދެވަނަ ކުއާޓަރުގައި މިވަރުގެ ކުރިއެރުމަށް އައިކަމުގައި ވިޔަސް އެގައުމުގެ ސަރުކާރުން މިހާރު ގެންދަނީ ގެދޮރު އިމާރާތައި ރިއަލް އެސްޓޭޓްގެ ދާއިރާއަށް އައު ގަވައިދުތަކެއް އެކުލަވާލާ އެދާއިރާ 'މައިތިރި' ކޮށްލުމަށް ރާވަމުން ކަމަށްވާތީ، މިއަހަރުގެ ކުރިޔަށް އޮތްތަނުގައި ޗައިނާގެ އިގުތިޞާދުގެ ކުރިއެރުން ކޮންމެސް ވަރަކަށް މަޑުޖެހޭނެ ކަމަށް ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިޞާދުކަމުގައިވާ ޗައިނާއިން މި ހިނގާ 2017 ގައި އެގައުމުގެ އިގުތިޞާދީ ކުރިއެރުމަށް ލަވާ ކޮށްފައިވާ މިންވަރަކީ އެންމެ 6.5 ޕަސެންޓްގެ ކުރިއެރުމަކަށްވާއިރު އެގައުމުން އަހަރުގެ ދެވަނަ ކުއާޓަރުގައި ލަފާކުރެވުނު އަދަދަށްވުރެ 0.40 ޕަސެންޓް އިތުރަށް ކުރިޔަށް ޖެހިލުމަކީ އެގައުމުގެ ތަފާތު އެކި އުފެއްދުންތަކާއި ދުނިޔޭގެ ބާޒާރުގައި އެގައުމުގެ އުފެއްދުންތައް އިތުރުވެ ވިކުމުގެ އަސްލު ކަމުގައި ގިނަ ފަރާތްތަކުން ބުނެއެވެ.

×
DB released.