Sun Online
އީރާނުން ޖަލު ހުކުމް ކުރީ އުމުރުން 37 އަހަރުގެ ޝީވޭ ވަންގްގެ މައްޗަށް -- ފޮޓޯ: ޕްރިންސްޓަން ޔުނިވާސިޓީ
އީރާނުން ޖަލު ހުކުމް ކުރީ އުމުރުން 37 އަހަރުގެ ޝީވޭ ވަންގްގެ މައްޗަށް -- ފޮޓޯ: ޕްރިންސްޓަން ޔުނިވާސިޓީ

"އީރާނުގައި ޖާސޫސު ކުރި" އެމެރިކާ މީހަކު 10 އަހަރަށް ޖަލަށް ހުކުމްކޮށްފި

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ތެހެރާން (ޖުލައި 17): އެމެރިކާ މީހަކު ޖާސޫސު ކުރި ކަމަށް ބުނެ އީރާނުން އެމީހާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ޖަލު ހުކުމް ކުރީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ، އުމުރުން 37 އަހަރުގެ ޝީވޭ ވަންގް ގެ މައްޗަށެވެ. މިދިޔަ އޮގަސްޓު މަހު އޭނާ ހައްޔަރު ކުރީ އީރާނުން ފުރައިގެން ދާން މަސައްކަތް ކުރަނިކޮށް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އީރާނުގެ ޝަރުއީ ދާއިރާއާ ބެހޭ ނޫސް އޭޖެންސީ މީޒާންއޮންލައިން އިން ބުނި ގޮތުގައި ވާންގް އަކީ އެގައުމުގެ ސިއްރު މައުލޫމާތު އެމެރިކާ އާއި އިނގިރޭސިވިލާތަށް ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ބައިވެރިއެކެވެ.

އެގޮތުން އޭނާ އެމައުލޫމާތުތައް ފޯރުކޮށްދޭން މަސައްކަތް ކުރި އިދާރާތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި، ޕްރިންސްޓަން ޔުނިވާސިޓީ އާއި ހާވާޑް ކެނެޑީ ސްކޫލާއި، ބްރިޓިޝް އިންސްޓިޓިއުޓް އޮފް ޕާސިއަން ސްޓަޑީސް ހިމެނޭ ކަމަށް މީޒާންއޮންލައިން އިން ބުންޏެވެ.

"އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އީރާނަށް ނިސްބަތްވާ 4،500 ލިޔުން ޑިޖިޓަލްކޮށް ރައްކާކޮށްފައި،" މީޒާންއޮންލައިން އިން ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު އީރާނުން ވަނީ ޖާސޫސް ކުރުމުގެ ކުށުގައި 70 މީހަކު އެގައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންގެ މައުލޫމާތު އެގައުމުން އާއްމުކޮށްފައި ނުވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު

އީރާން
infinity loading...
×
DB released 01.