އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ތިން ކާރެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ ކާރުތަކުގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރު 12:11 އެހާކަންހާއިރު ކަމަށެވެ. އަދި ރޯކޮށްލާފައި ވަނީ ތިން ގެއެއްގައި އޮތް ތިން ކާރެއްގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރޭ އައްޑޫގައި ރޯކޮށްލާފައިވާ ކާރެއް -- ފޮޓޯ/ އައްޑޫލައިވް
ފުލުހުން ބުނީ ރޯކޮށްލާފައި ވަނީ ތިން ކާރުގެ ވެސް އިންޖީނުގައި ކަމަށާއި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ކާރުތަކުގައި ރޯކޮށްލި މައްސަލައިގެ ތުުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކާރުގައި ރޯކުރުން އައްޑޫގައި އިތުރުވެފައިވާ އިރު، މިދިޔަ ހަފްތާ ތެރޭގައި އައްޑޫގައި ވަނީ ދެ ކާރެއްގައި ރޯކޮށްލައިފަ އެވެ.