Sun Online
ވަރްޓޫގެ މޯބައިލް ފޯނެއް --- ފޮޓޯ: ވަރްޓޫ
ވަރްޓޫގެ މޯބައިލް ފޯނެއް --- ފޮޓޯ: ވަރްޓޫ

ލަގްޒަރީ ފޯނުތައް އުފައްދާ ކުންފުނި ވަރްޓޫ ބަނގުރޫޓުވެއްޖެ

މުހައްމަދު ރީހާން
ލިޔުނީމުހައްމަދު ރީހާން

ރަނާއި ޖަވާހިރު ބޭނުންކޮށްގެން މޮބައިލް ފޯނުގެ ކޭސިންގްތައް ފަރުމާކޮށް ބޮޑުއަގުގައި ވިއްކުމަށް ޚާއްސަވެފައިވާ އިނގިރޭސިވިލާތުގެ ވަރްޓޫ ކުންފުންޏަށް މާލީ އެތައް ގެއްލުމެއްލިބި ވިޔަފާރި ބަންދުކުރުމަށް ނިންމައިފިއެވެ.

ދާދި ފަހުން ކުންފުނި އަލުން ކޮޅަށް ޖެހުމަށް ކުރިމަސައްކަތް ނާކާމިޔާބުވުމާ އެކު ކުންފުނި ބަނގުރޫޓުވިކަން އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު އެކުންފުނީގެ ލިކުއިޑޭޝަންގެ ސަބަބުން 200 އަށް ވުރެެ ގިނަ ވަޒީފާ ގެއްލޭނެއެވެ.

ޓެކްނޮލޮޖީ އެނެލިސްޓުން ހާމަކުރާ ގޮތުގައި ލަގްޒަރީ ފޯނު އުފައްދާ އެހެން ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވެގެން ދިޔުމުގެ ސަބަބުން ވަރްޓޫއަށް މާކެޓުގައި ހިފަހައްޓާލަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ވަރްޓޫގެ ފޯނުތަކަކީ ބޮޑެތި ވިޔަފާރިވެރިންނާއި މުއްސަނދި ފަރާތްތަކަށް ޚާއްސަކޮށްގެން 'ކަސްޓަމައިޒްޑް' ފޯނުތަކެއްް ފަރުމާކޮށް ވިއްކާ ކުންފުންޏެކެވެ. އެކުންފުނިން އެކިކަހަލަ ޖަވާހިރާއި އެފަދަ ތަކެތި ބޭނުންކޮށްގެން އުފައްދާ ފޯނުތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ވިކާ ފޯނުތަކުގެ އަގުވެސް އުޅެނީ ގާތްގަނޑަކަށް 14،542.66 ޔޫއެސް ޑޮލަރު ނުވަތަ 224،247.82 ދިވެހި ރުފިޔާގެ އަގެއްގައެވެ.

infinity loading...
×
DB released 01.