Sun Online
ލަންޑަން އިންޓަނޭޝަނަލް މޮޑެލް ޔުޏައިޓެޑް ނޭޝަންސް ކޮންފަރެންސް ގެ ތެރެއިން
ލަންޑަން އިންޓަނޭޝަނަލް މޮޑެލް ޔުޏައިޓެޑް ނޭޝަންސް ކޮންފަރެންސް ގެ ތެރެއިން
މޮޑެލް ޔުނައިޓެޑް ނޭޝަންސް

"މޮޑެލް ޔުނައިޓެޑް ނޭޝަންސް"ގެ މަހާސިންތާއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަނީ

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

މޯލްޑިވްސް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމްވީއެމްޔޫއެން)ގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް "މޮޑެލް ޔުނައިޓެޑް ނޭޝަންސް" ކޮންފަރެންސެއް މި އޯގަސްޓުމަހުގެ ފަހުކޮޅު ދަރުބާރުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމްގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވަނިީ މިމަހާސިންތާ ކުރިޔަށްގެންދިޔުމަށްޓަކައި އެމްވީއެމްޔޫއެން އާއެކު މީޑިއާ ޕާޓްނަރެއްގެގޮތުގައި މަސައްކަތްކުރުމަށް ޕަބްލިކް ސާވިސާސް މީޑިއާ (ޕީއެސްއެމް) އާއެކު ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެމްވިއެމްޔޫއެންގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އަލްޔާ އަލީ ރަޝީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މާކެޓިންގް އެންޑް އީކޮމާސް ޑައިރެކްޓަރ އިބްރާހިމް ނަސްރީންއެވެ.

އެމްވީއެމްޔޫއެން އިން ބުނިގޮތުގައި މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތުވަނީ 25-14 އަހާރާއި ދެމެދުގެ ރާއްޖޭގެ ކޮންމެ ޒުވާނަކަށްވެސް ހުޅުވާލެވިފައެވެ. އަދި މި ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތަކާއި އަދި ފަރިތަކުރުމުގެ ބަހުސުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމްވީއެމްޔޫއެން އިން ބުންޏެވެ.

އަށް ކޮމެޓީއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމަހާސިންތާގައި ބައިވެރިވުމަށްޓަކައި އެމްވީއެމްޔޫއެންގެ ވެބްސައިޓުން ފޯމްތައް ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެ މަހާސިންތާ ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އެމްވީއެމްޔޫއެން އިން ވަނީ ހުޅުވާލައިފައެވެ.

×
DB released.