ފުވައްމުލަކުން ގެއްލުނު ޝާފިއު ހޯދުމަށް ކަނޑުގެ ސަރަހައްދު ބަލަނީ

ގެއްލިގެން ހޯދާ ޝަފީއު

މިދިޔަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު، 49، ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަފީއު ހޯދުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށާއި އެ އޮޕަރޭޝަން ހިންގަނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ.

ފުވައްމުލަކު ފުނާޑު އަވަށުގައި ދިރިއުޅެމުންދާ ޝަފީއުގެ އާއިލާއިން ބުނާ ގޮތުން ޝަފީއު ހުކުރު ދުވަހުގެ ރޭ 9:30 އެހާއިރު އަންހެނުންގެ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޝަފީއު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ 12:05 ގައެވެ. ފުލުހުން ބުނީ ޝަފީއު ހޯދުމަށް އާއިލާއާއި އެ ރަށުގެ ރައްޔިތުންނާ ގުޅިގެން ގިނަ ސަރަހައްދެއް ބެލިފައިވާ ކަމަށާއި އަދިވެސް ހޯދުމުގެ މަސަތްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.

comment ކޮމެންޓް