އިސްރާއީލުން އަގުސާ މިސްކިތް ބަންދުކޮށްފި

ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާކައިރީގައި މިއަދު ހިނގި ބަޑި ޖެހުމުގެ ހާދިސާއަށްފަހު އިސްރާއިލުން އެ މިސްކިތް ބަންދުކޮށްފިއެވެ. އެ ހާދިސާގައި ފަލަސްތީނުގެ ތިންމީހަކު ޝާހީދުވެ އިޒްރާއިލުގެ ދެ ފުލުހަކު ވަނީ މަރުވެފައެވެ.

މަސްޖިދުލް އަގްސާ ބަންދުކުރުމުން އެ މިސްކިތުގެ އިމާމު ޝެއިޚް މުހައްމަދު އަހުމަދު ހުސައިން ވަނީ އެކަން ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ އިމާމު ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލީ 2،800 ޑޮލަރު ކަފާލާތުގެ ދަށުން ދެއްކުމުންނެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ހެރީ ފޯސެޓް ބުނިގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އިސްރާއީލުން އަގްސާ މިސްކިތް ބަންދުކުރި ފުރަތަމަ ފަހަރުކަމަށެވެ.

"މިސްކިތް ބަންދުކުރުމުގެ ސަބަބުން ބޮޑުހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު އެބައޮތް. މިހާރުވެސް މިތަނަށް އެބައާދެ ފަލަސްތީނުގެ 10000 މުސްލިމުން ނަމާދަށް،" ފޯސެޓް ބުންޏެވެ.

comment ކޮމެންޓް