ފެނަކައިގެ 19 މުވައްޒަފަކަށް ފަޔާ ސޭފްޓީ ޓްރެއިނިން ދީފި

ފެނަކަ ކޯޕަރޭޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރޭން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ފެނަކަ ކޯޕަރޭޝަންގެ 19 މުވައްޒަފަކަށް ފަޔާ ސޭފްޓީ ޓްރެއިނިންް ދީފިއެވެ.

ފެނަކަ އަދި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ފަޔަރ ސޭފްޓީ ތަމްރީން ޕްރޮގްރާމް" ހިންގައިފައިވަނީ ގއ. ވިނލިގިލީ ޓްރެއިނިން ސެންޓަރުގައެވެ. އެޕްރޮގްރާމުގައި ބައިވެރިވެފއިވަނީ ފަނަކައިގެ ބްރާންޗަތަކުން އެކިރަށްރަށުން ހޮވާލެވިފައިވާ މުވައްޒަފުންނެވެ.

މިއަދު ޝީ ބިލްޑިންގައި ޓްރެއިނިން ޕްރޮގަރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވި ބޭފުޅުންނަށް މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަބްދުއްޝުކޫރު ސޯލިހު ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެ ޓްރެއިނިން ޕްރޮގްރާމުގައި ކިޔަވައިދިން ޓާސްކުތަކުގެ ސްޓޭންޑަޑް ކަނޑައެޅުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސްޓޭންޑަޑްތަކަށް ބަލައިފައިވާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި އެ ޓްރެއިނިން ޕްރޮގްރާމްގައި ހަތްދާއިރާއަކުން ވަނީ ކިޔަވައިދީފައެވެ. އޭގެ ތެރޭގައި ލީޑާޝިޕް، ފަޔަރ ބިހޭވިޔަރ، ފަޔަރ އެކްސްޓިންގުއިޝަރ، ޕްވަރ ހައުސް ފަޔަރ ސޭފްޓީ، ފަޔަރ ޑިޓެކްޝަން އެންޑް އެލާމް ސިސްޓަމް، އިމަޖެންސީ އޮޕަރޭޝަން ޕްލޭން އަދި ކޮމްޕްސައިޓް ރިސްކު މެނޭޖްމަންޓް ސިސްޓަމް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އަބްދުއް ޝުކޫރު ސޯލިހު ވިދާޅުވީ އެކްސިޑެންޓްގެ ގޮތުގައާއި އަދި ބައެއް ފަހަރު ގަސްތުގައި ދޭ ހަމަލާތަކުގެ ސަބަބުން އަލިފާންރޯވެފައި ހުރިކަމަށާއި އަދި މިކަމުގައި އެންމެ ފުރަތަމަ އަޅަންވީ ރައްކާތެރިކަމުގެ ފިޔަވަޅުކަމަށެވެ.

comment ކޮމެންޓް