ކޭއެފްސީ އިން ސްމާޓްފޯނެއް އުފައްދައިފި

ހުއަވޭއާއި ގުޅިގެން ކޭއެފްސީއިން ނެރެން ތައްޔާރުވާ ސްމާޓްފޯނު --- ފޮޓޯ: ޓީމޯލް

ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އިންް ޗައިނާގެ ސްމާޓްފޯން ކުންފުންޏެއް ކަމަށްވާ ހުއަވޭ އާ ގުޅިގެން ސްމާޓްފޯނެއް ތައާރަފްކޮށްފި އެވެ.

ޗައިނާގައި ކޭއެފްސީގެ ހިދުމަތްދޭތާ 30 އަހަރު ފާހަގުކުރުމުގެ މުނާސަބަތާ ގުޅުވައިގެން އެކުންފުނިން ވަނީ މި ސްމާޓްފޯން ޗައިނާގެ ބާޒާރަށް ނެރުމަށް ތައްޔާރުވެފަ އެެވެ.

ހުއަވޭއާ ގުޅިގެން ކޭއެފްސީއިން ނެރޭ މިސްމާޓްފޯނުގައި ފަސް އިންޗީގެ ސްކްރީނެއް އިންނަ އިރު، މީގައި ހިމެނެނީ ސްނެޕްޑްރެގަން 425 ގެ ޕްރޮސެސާ ޗިޕެކެވެ. ފޯނުގެ ރެންޑަމް އެކްސެސް މެމޮރީ (ރެމް) ގެ ކެޕޭސިޓީއަކީ ތިން ޖީބީކަމަށްވާ އިރު ފޯނުގެ ސްޓޯރެޖް ސްޕޭސް އަކީ 32 ޖީބީއެވެ. އަދި މިސްޓޯރެޖް ސްޕޭސް 128 ޖީބީއަށް އެކްސްޓާނަލް މެމޮރީ (މެމޮރީ ކާޑުގެ ޒަރީއާއިން) އިތުރުކުރެވޭނެ އެވެ.

ފޯނުގެ ބެޓެރީގެ ކެޕޭސިޓީއަކީ 3،020 މިލިއެމްޕް އަވާ ކަމަށްވާ އިރު، ކޭއެފްސީގެ މިފޯނުގެ ނެރޭނީ އެންމެ 5،000 ޔުނިޓެވެ.

ކޭއެފްސީ އިން އެމީހުންގެ ސްމާޓްފޯނެއް ނެރޭނެ ކަމުގެ ހަބަރު އެކުންފުނީގެ ވެއިބޯ (ޗައިނާގައި ބޭނުންކުރާ ފޭސްބުކް ރިޕްލޭސްމަންޓް) ޕޭޖުގައި އިއުލާނުކޮށްފައިވާ އިރު، ފޯނު ނެރޭ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް