އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބީއެމްއެލުން ކެމްޕެއިނެެއް ފަށައިފި

"އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

އެ ކެމްޕެއިން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމެރިކަން އެކްސްޕްރެސްގެ (އެމެކްސް)ގެ ސީއީއޯ އަދި ރައީސް މަނޯޖް އަދްލަކާ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު ނަޒީރުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ތަފާތު ޕްރޮޑަކްޓުތައް ނެރެ ތަފާތު މާކެޓުތަކަށް ހުޅުވިއްޖެ. މިޕްރޮޑަކްޓުތައް ރަނގަޅަށް މާކެޓު ކުރެވެން ޖެހޭ. މި ކެމްޕެއިންގެ ދަށުން އެފަދަ ޕްރޮޑަކްޓުތައް މާކެޓު ކުރެވިގެންދާނެ، އެންޑްރޫ

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވީ އެ ކެމްޕެއިންގެ ތެރެއިން ރާއްޖެއަކީ ބައިނަލް އަގުވާމީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ކެމްޕެއިންގެ އެސޯސިއޭޓް ޕާޓްނަރަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ގިނައިން ބޭނުން ކުރާ ކޭޝް ކާޑު، އެމެރިކަން އެކްސްޕްރެސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ތަފާތު ޕްރޮޑަކްޓުތައް ނެރެ ތަފާތު މާކެޓުތަކަށް ހުޅުވިއްޖެ. މިޕްރޮޑަކްޓުތައް ރަނގަޅަށް މާކެޓު ކުރެވެން ޖެހޭ. މި ކެމްޕެއިންގެ ދަށުން އެފަދަ ޕްރޮޑަކްޓުތައް މާކެޓު ކުރެވިގެންދާނެ،" އެންޑްރޫ ވިދާޅުވިއެވެ.

ޖުލައި 11، 2017: ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފުށުމުގެ ގޮތުން ޖެން ހޮޓެލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެންޑްރޫ ވިދާޅުވި ގޮތުގައި އެ ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި "ނަމްބަރ ވަން" މަންޒިލް ގޮތުގައި ހެދުމެވެ. އަދި ހަމައެހެންމެ ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާވެ އާރޯ ވެގެންދާނެ ކަމަށްވެސް އެންޑްރޫ ވިދާޅުވިއެވެ.

"މި ކެމްޕެއިން ޓާގެޓު ކުރަނީ ޓްރެވަލް ކުރާ ފަރާތްތަކުގެ ގްލޯބަލް ނެޓްވޯކުތަކަށް. އެއާއެކު އެމެރިކަން އެކްސްޕްރެސްއަކީވެސް ގްލޯބަލީ ބޭނުން ކުރާ ކާޑެއް. މިކާޑު މެދުވެރިކޮށް ކެމްޕެއިން ކުރިއަށް ގެންދަނީ ރަނގަޅު އޮފާތަކަކާ އެކު. ރާއްޖެއަށް އަންނަ ފަރާތްތަކަށް އެމެރިކަން އެކްސްޕްރެސް ކާޑު މެދުވެރިކޮށް ރަނގަޅު އޮފާތަކެއް ލިބިގެންދާނެ،" އެންޑްރޫ ވިދާޅުވިއެވެ.

ޖުލައި 11، 2017: ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފުށުމުގެ ގޮތުން ޖެން ހޮޓެލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީގެ އިތުރުން އެންޑްރޫ ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކާއި ތިމާވެށީގެ ރީތިކަން މުޅި ދުނިޔެއަށް ދައްކައި، ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށްޓަކައި އިސްތިހާރު ކުރަން ޖެހޭ ވަރަށް ނުކުރެވޭ ކަމަށެވެ. އަދި އެކަން ކުރުމަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެ ބޭންކުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި، އެ ބޭންކުގެ މަގްސަދަކީވެސް ރާއްޖޭގެ އިގްތިސާދުގެ ނާރެސް ކަމުގައިވާ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ކުރުން ކަމުގައި އެންޑްރޫ ވިދާޅުވިއެވެ.

comment ކޮމެންޓް