ރޯވެފައިވާ އިމާރާތުން ސަލާމަތްވީ ކްރޭނެއްގެ ބުޅިގަނޑުގައި ހިފަހައްޓައިގެން

ސްވިޑަންގެ އިމާރަތުގައި އަލިފާންރޯވެ އަނދަނީ

ސްވިޑަންގައި ރޯވެފައިވާ އިމާރާތެއްގައި ތާށިވެފައިހުރި މީހަކު ކްރޭން ބޭނުންކޮށްގެން ސަލާމަތްކޮށްދީފިއެވެ.

ހަބުރީގެ އިމާރާތުގައި އަލިފާން ރޯވިއިރު ޖޯން ޕެޑެސަން ހުރީ ފުރާޅުމަތީގައި މަސައްކަތް ކުރުމުގައި ޝާމިލްވެގެންނެވެ. ކްރޭން އޮޕަރޭޓަރު ބުނިގޮތުގައި އަލިފާން ރޯވުމާއެކު އެދިމާގައި ތާށިވެފައިހުރި މީހަކުު ހަޅޭއްލަވާ އަޑު އިވުމުން ކްރޭން ބޭނުންކޮށްގެން އެމީހާ ސަލާމަތުން ތިރިކުރެވޭތޯ ބެލީއެވެ.

ޖޯންވަނީ އޭނާ ހުރިހިސާބަށް ކްރޭން ކައިރިކޮށްލުމާއެކު އޭގެ ބުޅިގަނޑުގައި އެލިގަނެގެން ސަލާމަތުން ތިރިއަށް ފައިބާފައެވެ.

ސޯޝަލްމީޑިއާގައި އާންމު ވެފައިވާ ވީޑިއޯއެއްގައި، ކްރޭންގެ ބުޅިގަނޑުގައި ހިފަހައްޓައިގެން ޖޯން ތިރިއަށް ފައިބާ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ.

ފުލުހުން ވަނީ ފަހުން އެ އަލިފާންގަނޑު ނިއްވާލައިފައެވެ. އެ ހާދިސާގައި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ދެމީހެއްގެ އަތާއި މޫނު ކުޑަކޮށް ފިހިފައިވާތީ ވަނީ ހޮސްޕިޓަކުގައި ފަރުވާ ދީފައެވެ.

comment ކޮމެންޓް