މާގިނަ ހެދުން ލައިގެން ހުރުމުގެ ސަބަބުން ހުކުރަށް ދިޔަ މުސްލިމެއް އިނގިރޭސިވިލާތުގައި ހުއްޓުވައިފި

އިނގިރޭސިވިލާތުގައި ހުކުރު ނަމާދަށް ދިޔަ ފިރިހެނަކު އެގައުމުގެ ފުލުހުން ހިފަހައްޓައިފިއެވެ.

މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދުކުރުމަށް މިސްކިތަށް ދިޔުމަށްޓަކައި ނުކުތް މި މީހާ ފުލުހުން ހިފަހަށްޓާފައިވަނީ ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ގިނަ ފަށަލައަށް ހެދުން އަޅައިގެން ހުރުމުގެ ސަބަބުން ކަމަށް އޭނާ ހިފެހެއްޓި ފުލުހުން ބުނެއެވެ.

މި މުސްލިމް މީހާ އެހާ ގިނަ ހެދުން އަޅައިގެން ހުރުމުގެ ސަބަބުން އޭނާ ހުރި ހިސާބު ރިޕޯޓުކޮށްފައިވަނީ އާދައިގެ ހެދުމުގައި ހުރި އަންހެން ފުލުސް އޮފިސަރެއް ކަމަށް އަރަބްނިއުސްއިން ބުންޏެވެ.

"އަޅުގަނޑު ދިޔައީ ތަންކޮޅެއް ބާރަށް، ހުކުރު ނަމާދުގެ ވަގުތު ކައިރިވެފައި އޮތީމަ، އެކަމަކު ފުލުހުން އައިސް އަޅުގަނޑު ހައްޔަރު ކުރީ. އަޅުގަނޑު ހުއްޓުވި އަންހެން ފުލުސް އޮފިސަރު ބުނީ އަޅުގަނޑު ހޫނު މޫސުމުގައި މާގިނަ ފަށަލައަށް ހެދުން އަޅާފައި ހުރުމުގެ ސަބަބުން ކަމަށް ބުނި،" އެއްވެސް ނޫހަކުން އޭނާގެ ނަން ހާމަކޮށްފައިނުވާ އެ މުސްލިމް މީހާވަނީ އަރަބްނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

މިހާދިސާގެ ވީޑިއޯ އެސަރަހައްދުގައި ހުރި މީހަކުވަނީ ކޮށްފައެވެ. އަދި މި ވީޑިއޯ މިވަގުތު ސޯޝަލް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ.

comment ކޮމެންޓް