ރެއާލްގައި މަޑުކުރާން ރޮނާލްޑޯ ނިންމައިފި!

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިރުޝާދުދެނީ --ފޮޓޯ: ރެކްސް ފީޗަރސް

ޓެކްސް މައްސަލައެއްގައި ސްޕެއިން ދޫކޮށް ދިއުމަށް ނިންމާފައިވާ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ މިހާރުވެސް ކުޅެމުން އަންނަ ރެއާލްގައި މަޑުކުރާން ނިންމައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ އޭއެސްއިން ރިޕޯޓުކޮށްފައިވާގޮތުގައި މިހިނގާ ހޫނުމޫސުމުގެ ޓްރާންސްފަރގައި ސަންތިއާގޯ ބެރްނަބެއު ދޫކޮށް ނުދިއުމަށް ޕޯޗްގީޒް ކެޕްޓަން ވަނީ ނިންމައިފައެވެ.

ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓް ޕެރޭޒް ވަނީ، ސްޕެއިންގެ ޓެކްސް އޮތޯރިޓީން ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ 14.7 މިލިއަން ޔޫރޯގެ ޓެކްސް މައްސަލައިގައި ރޮނާލްޑޯ ވަރަށް ބޮޑަށް "ރުޅިއައިސް ހިތުގަޖެހިފައި" ވާކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހު، ރެއާލް މެޑްރިޑުން ޔުވެންޓަސް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެޗަށް ފަހު، ރޮނާލްޑޯ ބުނެފައި ވަނީ، އޭނާ ޓެކުހަށް މަކަރު ހަދައި އަދި ޕީސްއެސްޖީގެ ޕްރެޒިޑެންޓް ނަސީރު އަލް ޚެލައިފީއާ ސިއްރިއްޔާތުގައި ބައްދަލުކުރިނަމަ އޭނާ ރެއާލްދޫކޮށް ދާނޭ ކަމަށެވެ.

އެހެންނަމަވެސް ރެއާލްގެ އިސް ވެރީން ވަނީ، ރޮނާލްޑޯ ރުއްސައި، އޭނާއަކީ ކްލަބަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން ވިސްނައިދީފައެވެ.

ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ޓެކުހަށް މަކަރުހެދުމުގެ މައްސަލައިގައި ޖުލައި 31 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުވާން އަންގާފައި ވާއިރު، އެ މައްސަލައިގައި ރޮނާލްޑޯގެ ފަރާތުން ވަކާލާތުކުރާ ފަރާތްތަކުން ވަނީ، މިވަގުތު ރޮނާލްޑޯއަށް އެންމެ ރަނގަޅުވާނީ ރެއާލްގައި މަޑުކުރުންކަން އޭނާއަށް ވިސްނައިދީފައެވެ.

comment ކޮމެންޓް