ހިތާއި ފުއްޕާމޭވެސް ބަދަލުކުރަންޖެހިފައި، ތިން ކުދިންގެ މަންމަ އެދެނީ އެހީއަކަށް

އައިޝަތު އަށް ފަރުވާދެނީ: އެނާގެ ހިތާއި ފުއްޕާމޭ ވަނީ ބަދަލުކުރަންޖެހިފައި-- ފޮޓޯ: އާއިލާ

ރާއްޖެ ބަލި ނުވަތަ އާތްރައިޓްސްއަށް ފަރުވާ ހޯދާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ނ. މިލަދޫ ހަނދުވަރީގޭ، އައިޝަތު އަބްދުލްރަހުމާން، 42، އަކީ ގަވައިދުން އިންޑިއާގެ ޓުރެވަންޑުރަމްއިން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ކޮންމެ ހަ މަހުން ހަމަހުން ފަރުވާ ހޯދަމުން ދަނިކޮށް އޭނާގެ ހާލު މިހާރު ވަނީ މާބޮޑުވެފައެވެ.

"ފަރުވާ ދޭ ތާ ދެ އަހަރު ފަހުން ބުނީ ފުއްޕާމޭގައި ލަށްތަކެއް ޖަހާފައި އެބަހުއްޓޭ، ފަހުން ޖެހުނީ ތިން މަހުން ދާން، ދެން މިދިޔަ ޖެނުއަރީގައި ދިޔައިރު ފާހަގަވެފައިހުރީ މެއިން ތިރި ދުޅަވެފައި ހުރިކަން،" އައިޝަތުގެ ހާލަތު ކިޔައިދެމުން އެނާގެ ކޮއްކޮ ފާތިމަތި ސާދުނާ ބުންޏެވެ.

ތިން ކުދިންގެ މަންމަ ކަމަށްވާ އައިޝަތުއަށް ފަރުވާ ކުރުމަށް އެހާބޮޑު ހޭދައެއް މިހާތަނަށް ކޮށްފައި ވަނީ އަމިއްލަ ހަރަދުގައެވެ. އެކަމަށް މިހާތަނަށް އާސަންދައެއް ނުލިބެއެވެ.

އައިޝަތު އަށް ފަރުވާދެނީ: އެނާގެ ހިތާއި ފުއްޕާމޭ ވަނީ ބަދަލުކުރަންޖެހިފައި-- ފޮޓޯ: އާއިލާ

ކިމްސްއިން ފަރުވާ ދިނުމުން ވެސް ހާލަތައް ބަދަލެއް ނައުމުން އައިޝަތައް މިހާރު ފަރުވާ ދެމުން އަންނަނީ އިންޑިއާގެ ހައިދަރުއާބާދު ކޮންޓިނެންޓަލް ހޮސްޕިޓަލުންނެވެ. ފަހުން ހެދި ޓެސްޓްތަކަށް ފަހު އެނގުނީ އައިޝަތުގެ ހާލަތު މާދަށް ކަމެވެ.

ޑޮކްޓަރުގެ ލިޔުމުގައި ބުނާ ގޮތުން އައިޝަތުގެ ލޭގެ ޕްރެޝަރު ކޮންޓުރޯލްނުވުމުގެ ސަބަބުން ފުއްޕާމޭ ޓިޝޫތައް ވަނީ ހަލާކުވެފައެވެ. އަދި ހަމަ އެހެންމެ ހިތުގެ ކަނާތްފަޅިން އެކަށޭނަ ވަރަށް ލޭ ފޮނުވައި ނުދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ކުރިމަތިވެއެވެ. ޑޮކްޓަރުގެ ލަފަޔަކީ ފުއްޕާމެ އާއި ހިތުގެ ޓުރާންސްޕްލާޓެއް ހެދުމެވެ.

އެއީ ބޮޑު ދެ އޮޕަރޭޝަނެވެ. އެކަމަށް ބޮޑު ހޭދައެއް ދާނެ ކަމަށް ބެލެވޭއިރު އަދި އާސަންދައިގެ ހިދުމަތް ވެސް ހަމަނުޖެހޭކަމަށް އާއިލާއިން ބުނެއެވެ.

އައިޝަތަށް ޝިފާއެއް ހޯދުމަށް ބޮޑު ދެ އޮޕަރޭޝަން ކުރަންޖެހޭއިރު ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ހުންނަންޖެހެއެވެ. ހުރުމާއި ކެއުން ފަދަ ކަންކަމަށް އެކަނި ބެލިނަމަވެސް އެއީ ބޮޑު ހަރަދެކެވެ. މިހާތަނަށް އަގު އިނގުނު ހިތުގެ ޓެސްޓަށް އެކަނިވެސް 165933.21 ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"ހިތަށް އެކަނި ހަތް ލައްކަ ރުޕީސް، ފުއްޕާމެއަށް އަރާވަރެއް އަދި ނޭންގެ، އަޅުގަނޑުމެންގެ އާއިލާއަކީ އެހާތަނަވަސްކަން ހުރި އާއިލާއެއް ނޫން،" ސާދުނާ ބުންޏެވެ.

ކޮންމެ އަކަސް ތިން ކުދިންގެ މަންމަ އެ ދަނީ އެހާލާލަތުގައި އެތައް ވޭނެއް ތަހައްމަލް ކުރަމުންނެވެ. އެ ހާލަތުން އަރައިގަތުމަށް އެއާއިލާއިން އެދެނީ ދީލަތި އެހީއަކަށެވެ.

އެހީތެރިވުމަށް:

ގުޅުމަށް: 9801714 ސާދުނާ

އެކައުންޓް ނަމްބަރު:

ޑޮލަރު: 7730000056031 އަބްދުﷲ ފަސީހް

ދިވެހި ފައިސާ: 7730000072096 ފާތިމަތު އީނާޝް

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް