ފާރިސް ޕީޕީއެމް އިން ވަކިކުރި މައްސަލަ އަނބުރާ ގެންގޮސްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމް އިން ވަކިކުރި މައްސަލާގައި އެޕާޓީއާ ދެކޮޅަށް ކުރި ދައުވާ އޭނާ އަނބުރާ ގެންގޮސްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށްބުނެ ފާރިސްގެ ފަރާތުން އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ޝަރީއަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު6 ގެ 15 ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރުގެ ދަށުން އެ ދައުވާ އިތުރަށް އެ ކޯޓުގައި ބަލައި ކުރިއަށްގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ފާރިސް ޕީޕީއެމް އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާ ޕާޓީން ވަކިކުރީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާ ޚިލާފަށް ރައްޔިތުން މަޖިލީހުގައި ވޯޓު ދެއްވާފައިވާތީ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

comment ކޮމެންޓް