މެޑިޓެރޭނިއަން ޑައެޓް: ކޯލޯރެކްޓަލް ކެންސަރުގެ ފުރުޞަތު 86 ޕަސެންޓް ކުޑަކުރެވޭ!

މެޑިޓެރޭނިއަން ޑައެޓެއްގައި ހިމެނޭ ބައެއްތަކެތި --- ފޮޓޯ: ތިންސްޓޮކް އިމޭޖްސް

ކޯލޯރެކްޓަލް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް އެންމެ ރަނގަޅީ މެޑިޓެރޭނިއަން ޑައެޓެއް އިހްތިޔާރުކުރުމެވެ.

ފައިބާގެ ބާވަތްތައް މަދު ކާނާގެ މާގިނައިން ކާނަމަ އަދި ފައިބާގިނަ ކާނާގެ ބާވަތްތަކާ ތިބާ މާބޮޑަށް ދުރުހެލިނަމަ ހަށިގަނޑުގައި ކޮލެސްޓްރޯލް ޕޮލިޕްސް (ކުދިކުދި ކޮލެސްޓްރޯލް ގޮށް ފަދަ ތަކެތި) އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދެއެވެ. އަދި މިފަދަ ތަކެތި އުފެދުމުގެ އާހިރު ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ޑައިޖެސްޓިވް ނުވަތަ ކާނާ ހަޖަމުކުރާ ނިޒާމުގައި އެތަކެތި ހަރުލާ އެނިޒާމުގެ މަސައްކަތުގެ 'ސްފީޑް' ދަށްކޮށްލުމެވެ. މިއީ ގޮހޮރާއި ފުރަގަސްފަރާތަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ.

ހޯލް ގްރެއިންގެ ބާވަތްތައް

"މިފަދަ ޑައެޓަރީ (މެޑިޓެރޭނިއަން) ޕްލޭން އެއްގެ ދަށުން ކެއިންބުއިން ބައްޓަން ކޮށްފައިވާ މިހުންނަށް ކޯލޯރެކްޓަލް ކެންސަރު ޖެހުމުގެ 86 ޕަސެންޓް ކުޑަވެގެންދާއިރު މީގެ އެޑްވާންސްޑް ޕްރީ ކޯލޯރެކްޓަލް ކެންސަރު ޖެހުމުގެ ފުރުޞަތު 30 ޕަސެންޓަށް ކުޑަވެގެންދޭ،" ތެލް އަވީވް މެޑިކަލް ސެންޓަރުގައި މަސައްކަތްކުރާ ނެއޯމީ ފްލިސް އައިޒަކޮވް ވިދާޅުވިއެވެ.

އެސްމޯގެ 19 ވަނަ ވޯލްޑް ކޮންގްރެސް އޮފް ގެސްޓްރޯއިންޓެސްޓިނަލް ކެންސާރް ފޯރަމުގައި އާންމުކުރި މިދިރާސާގައި މެޑިޓެރޭނިއަން ޑައެޓް އިހްތިޔާރުކުރި އުމުރުން 40 އަހަރާއި 70 އަހަރުގެ 808 މީހުން މޮނިޓާކުރެވުނެވެ.

މެޑިޓެރޭނިއަން ޑައެޓްގައި ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ތަރުކާރީއާއި މޭވާގެ އިތުރުން ލެގިއުމްސް، ހޯލް ގްރެއިން، އެކިބާވަތްތަކުގެ ނަޓްސް އަދި އޮށާއި، މަހުގެ ބާވަތްތަކާއި ކުކުޅުގެ އިތުރުން މޮނޮސެޗުރޭޓެޑް އަދި ސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވޭ ކާނާގެ ބާވަތްތައް ހިމެނެއެވެ.

comment ކޮމެންޓް