ސައިންސް ފިކްޝަން، ފެންޓަސީ އަދި ބިރުވެރި ވާހަކަތަކަށް ލޯބިކުރާ ފަރާތްތަކަށް ކިޔާލަން ރަނގަޅު 10 ފޮތެއް

ފޮތްކިޔުމަކީ ދިވެހިންގެ ތެރޭގައި ގިނަބަޔަކު ލޯބިކުރާކަމެކެވެ. އަދި ޒުވާން ޖީލުތަކުގެ ކުދިން އެކިކަހަލަ ވާހަކަ ފޮތްތަށް ކިޔާ މިންވަރު އިތުރެވެ.

މިފަހަރު މިގެނެސްދެނީ ސައިންސް ފިކްޝަން، ފެންޓަސީ އަދި ބިރުވެރި ވާހަކަތަކަށް ލޯބިކުރާ ފަރާތްތަކަށް ކިޔާލަން ރަނގަޅު 10 ފޮތެއްގެ ވާހަކައެވެ.

ޑައިކްރޮނައުޓްސް - ގްރެގް އީގަން (Dichronauts by Greg Egan)

މިވާހަކައިގެ އިސް ކެރެކްޓާއަކީ ސެތް ކިޔާ ސާވޭޔަރެކެވެ. މިވާހަކައިގައި ހިމެނެނީ ވަރަށް އާދަޔާ ހިލާފު ޔުނިވާސްއެކެވެ. އެ ޔުނިވާސްގައި އެންމެ ބޭނުން ދިމަދިމާއަށް އަލި ދަތުރުނުކުރާއިރު މިޔުނިވާސް ނުވަތަ ކައުނުގެ ޕްލެނެޓްތަކުގައި އުޅޭ މީހުންނަށް ދަތުރުކުރެވެނީ އެންމެ ދިމާއަކަށެވެ. އެއީ އިރުމައްޗަށެވެ.

ހިރޮއިން ވާރްޝިޕް - ސާރާ ކޫން (Heroine Worship by Sarah Kuhn)

މިއީ ކޫންގެ 'ހިރޮއިން ކޮމްޕްލެކްސް' ގްރެފިކް ނޮވެލްގެ ދެވަނަބައެވެ. ވާހަކައިގެ މައިގަނޑު ކެރެކްޓާ އެވޭޑާ ޖުޕިޓާއަކީ އެއް އިރެއްގައި ސެން ފްރެންސިސްކޯގެ ހީރޯއެއް ކަމުގައި ވިޔަސް ފުރަތަމަ ވާހަކައިގައި އޭނާއަށް ކުރިމަތިލާން ޖެހުނު ހުރިހާ ދުޝްމަނުންނެއްގެ ކިބައިން އެސިޓީ އޭނާވަނީ އެއްކޮށް ސަލާމަތްކޮށްދީފައި ކަމުގައި ވުމުން އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ ދިރިއުޅުމަކަށް ބަދަލުވެގެންދެއެވެ. އޭނާގެ އެސިސްޓެންޓް އީވީއަށް އާދަޔާހިލާފް ބާރުތަކެއް ލިބުމުގެ ސަބަބުން އެވޭޑާއަށް އަދާ ކުރަންޖެހެނީ ސައިޑްކިކްގެ ރޯލެވެ. އެކަމާ އޭނާ އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެއެވެ. މިނޮވެލްގައި ދައްކުވައިދެނީ ރޫހާނީ ބާރުތަކެއް އަނެއްކާވެސް ސެން ފްރެންސިސްކޯގެ އަހުލުވެރިންނަށް ހަމަލާދޭން ފެށުމުން އެވޭޑާ މިއެއްޗެހީގެ ކިބައިން އެންމެން ސަލާމަތްކުރަން ކުރާ މަސައްކަތްތަކެވެ.

އެން އޯތް އޮފް ޑޯގްސް - ވެންޑީ ވެގްނާ (An Oath of Dogs by Wendy Wagner)

މިވާހަކައިގެ މައިގަނޑު ކެރެކްޓާ ކޭޓް ސްޓޭންޑިޝް އަކީ ހިޔުޖިން ކިޔާ ގަސްބޯ ޕްލެނެޓެއްގައި އުޅޭ މީހެކެވެ. ވާހަކައިގައި ކޭޓް އޭނާގެ ބޮސް ގަސްތުގައި މަރާލީކަމުގައި ބުނެ ސުވާލު އުފައްދައެވެ. އަދި އޭނާގެ ބޮސްގެ މަރުގެ ތަހްގީގެއް އަމިއްލައަށް ކުރަން ފަށައެވެ. މިއާދަޔާ ހިލާފް ޕްލެނެޓްގެ ވެރިން ނުވަތަ ރަސްކަން ކުރަނީ ވިސްނުމާއި އިންސީންނާ އެއްފަދަ ބުއްދިއެއް ލިބިފައިވާ އެއްޗެހިތަކެކެވެ. ކޭޓް އޭނާގެ ބޮސްގެ މަރުގެ ތަހުގީގުގައި ކުރިއަށް ދިޔަވަރަކަށް އެޕްލެނެޓްގެ އެންމެންނަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ހެކިތައް ލިބެއެވެ. މިވާހަކަ ބިނާވެފައި އޮންނަނީ މިހާލަތުން ސަލާމަތްވެ ކޭޓްގެ ތަހުގީގު ކާމިޔާބު ކަމާއެކު ނިންމަން މަސައްކަތް ކުރާ ގޮތެވެ.

ކެޕްޝަން..

ދަ ރިފްޓް - ނީނާ އެލެން (The Rift by Nina Allan)

އެއްބަނޑު އެއްބަފާ ދެބެން ކަމުގައިވާ ސެލޭނާއާއި ޖޫލީއަކީ ކުޑައިރު ވަރަށް އެކުގައި އަދި ގާތްކަން މަތީ އުޅެބޮޑުވި ދެކުދިންނެވެ. ނަމަވެސް އުމުރުން 17 އަހަރުގައި ޖޫލީ ވާނުވާއެއް ނޭނގި ގެއްލެއެވެ. އެެއަށްފަހު 20 އަހަރު ފަހުން ސެލޭނާ އެނބުރި އާދެއެވެ. އަނބުރާ އައުމަށްފަހު ޖޫލީ އެނާ އެހެން ޕްލެނެޓެއްގައި ދިރިއުޅުގޮތުގެ ވާހަކަތައް ޖޫލީއަށް ވަރަށް ތަފްސީލީ ގޮތަކަށް ކިޔައިދެމުން ގެންދެއެވެ. ސެލޭނާއަށް ޖޫލީގެ ވާހަކަތަކަކީ ހަގީގަތް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭއިރު އޭނާއަށް ޖޫލީގެ ބުއްދިސަލާމަތުން ހުރިކަމާ މެދު ސުވާލު އުފެދެއެވެ.

އެޓް ދަ ޓޭބަލް އޮފް ވުލްވްސް - ކޭ ކެންޔޮން (At the Table of Wolves by Kay Kenyon)

ދަ 'ގްރޭޓް' ވޯރް" ހަނގުރާމައަށް އަށްފަހު ދުޔިނޭގެ އެކިކަންކޮޅު ތަކުގައި އިންސާނުންނަށް އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންދެއެވެ. އޭރުވެސް އިތުރު ހަނގުރާމައަކާ ދިމާލަށް ދުނިޔޭގެ ގައުމުތަކުން ވަނީ މިސްރާބު ޖަހާފައެވެ. އެއީ 1930 ވަނަ އަހަރުތެރެއެވެ. ހަނގުރާމައިގައި އެއްގައުމަށްވުރެ ކުރި އަނެއް ގައުމަކުން ހޯދުމަށް ކުރާ ރޭހުގައި އިނގިރޭސިވިލާތުންވެސް މަސައްކަތްކުރަމުން ގެންދަނީ ރޭހުގެ އެއްވަނަ ހޯދުމަށެވެ. އެގޮތުން އެގައުމުން ގެންދިޔައީ މީހުންނަށް މިލިބުނު ކުއްލި ބާރުތައް ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ސިއްރިއްޔާތުގައި މޮންކްޓަން ހިލް ކިޔާ ތަނެއްގައި ދިރާސާ ކުރަމުންނެވެ.

ކެޕްޝަން..

ޓްމޯރޯޒް ކިން - ނެންސީ ކްރެސް (Tomorrow's Kin by Nancy Kress)

މިއީ ނެންސީ ކްރެސްގެ ޓްރިލޮޖީގައި ހިމެނޭ 'ޔެސްޓަޑޭޒް ކިން' އަށްފަހު އޭނާ ނެރޭ ދެވަނަ ވާހަކަ ފޮތެވެ.

މިވާހަކައިގައި އޭލިއަނުން އެމެރިކާގެ ނިއު ޔޯކް އެމްބަސީއަށް ޖައްސައެވެ. އަދި އެއަށްފަހު އެވެރިން ދުނިޔެ ފަތަހަކުރުމުގެ މަސައްކަތްފަށައެވެ. މިވާހަކައިގެ އިސް ކެރެކްޓާ ޑރ. މެރިއޭން ޖެނާއަށް ޔޫއެން ލިބޭ ދައުވަތަކަށް އެމީހުންނާ އެކު މަސައްކަތްކުރަން ފަށައެވެ. އަދި އޭނާއަށް ދުނިޔޭގެ އާބާދީ އޭލިއަނުންގެ ސަބަބުން ނެތި ިދިޔުމަށް އޮތޯ ގާތްގަނޑަކަށް 10 ވަރަކަށް މަސްކަންވެސް އެނގިގެންދެއެވެ.

ދި އާޓް އޮފް ސްޓާވިންގް - ސޭމް. ޖޭ. މިލާ (The Art of Starving by Sam J. Miller)

މިވާހަކަ ބިނާވެފައި އޮންނަނީ މެޓް ކިޔާ ފިރިހެނެއްގެ މައްޗަށެވެ. އޭނާ ނުކައި ހުރުމުން އާދަޔާ ހިލާފު ބާރު ތަކެއް ލިބޭކަން އޭނާއަށް ފާހަގަވެއެވެ. އޭގެ ތެރޭގައި އިންސާނެއްގެ ލޮލަށް ނުފެންނަ ފަދަ އެއްޗެހި ފެނުމާއި އެހެންމީހުން ބޮލުތެރޭގައި ހުންނަ ހިޔާލާ އެއްޗެހި އޭނާއަށް ދެނެގަނެވެއެވެ. އަލަށް ފެނުނު މިބާރުތަކުގެ ބޭނުންކުރުމަށް މެޓް ނުކައި ނުބޮއި ހުރުން އާދަކުރެއެވެ. އަދި މިބާރުތަކުގެ އެހީގައި އޭނާގެ ކޮއްކޮ މާޔާއަށް ބުލީކުރި ބައެއްގެ ހަގީގަތާއި އެމީހުން މާޔާއަށް އެގޮތަށް ކަންތައްތައް ކުރުމުގެ ސަބަބު ދެނެގަންނަން މަސައްކަތްކުރެއެވެ.

އާފްޓަލައިފް - މާކަސް ސެކީ (Afterlife by Marcus Sakey)

މިވާހަކައިގައި އެފްބީއައި އޭޖެންޓެއް ޗިކާގޯގައި ހިނގާ ބޮން ގޮއްވުމުގެ ހާދިސާއެއްގައި މަރުވުމަށްފަހު އާދަޔާ ހިލާފު ދުނިޔެއަކަށް އާދެވެއެވެ. މިދުނިޔެއަށް ކިޔަނީ 'ދި އެކޯ' ކަމާއި އަދި މިއީ ރަހުމުކުޑަ ނުވަތަ އަނިޔާވެރިގޮތަކަށް މަރުވާ މީހުންނަށް އާދެވޭ ދުނިޔެއެއް ކަން އޭނާއަށް އިނގެއެވެ. މިތަނުން އޭނާގެ ލޯބިވެރިޔާއާވެސް ދިމާވެއެވެ.

މައިންކްރާފްޓް - ދި އައިލެންޑް (Minecraft: The Island by Max Brooks)

މަޝްހޫރު މަލްޓިޕްލޭޔާ ގޭމް މައިންކްރާފްޓްގެ މައްޗަށް ނެރެވޭ ފުރަތަމަ ވާހަކަ ލިޔެފައިވަނީ ހޮލީވުޑް އެކްޓަރް ބްރެޑް ޕިޓް ފެނިގެންދިޔަ 'ވޯލްޑް ވޯރް ޒީ' ފިލްމުގެ ވާހަކަ ލިޔުނު މެކްސް ބްރޫކްސްއެވެ. މިވާހަކައިގައި ކަނޑުގައި ބެހިގެންދާ މީހަކު ބޮޑު ގަހެއްކަހަލަ އެއްޗެކަށް ލައްގައެވެ. އެތަނަކީ އޭނާ ދުވަހަކުވެސް ދެކެފައިނުވާފަދަ ތަނަކަށް ވުމުން އެތަން 'އެކްސްޕްލޯ' ކުރަން އޭނާ ފަށައެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި ނިކުންނަ ޒޮމްބީޒް ތަކުގެ ކިބައިން އޭނާ އުޅެން ޖެހެނީ ސަލާމަތްވާނޭ އުކުޅުތައް ހޯދައި މަރުނުވެ ސަލާމަތުން ހުރެވޭތޯ ކެނޑިނޭޅި މަސައްކަތްކުރުމުގައެވެ.

ދަ ފައިވް ޑޯޓާޒް އޮފް ދަ މޫން - ލީނާ ލިޓީކެލޯ (The Five Daughters of the Moon by Leena Likitalo)

މިވާހަކަ އަކީ 1917ގެ ރަޝިއާގެ އިންގިލާބީ ދުވަސްވަރުގެ މައްޗަށާއި ރޮމަނޮވް އާއިލާގެ އަންހެންކުދިން 'އިންސްޕްރޭޝަން'ގެ ގޮތުގައި ބޭނުންކޮށް ލިޔެފައިވާ ހިސްޓޮރިކަލް ފެންޓަސީއެކެވެ. ކްރެސެންޓް ދައުލަތަށް ބޮޑު އިންގިލާބީއަކާ ކުރިމަލާން ޖެހެއެވެ. އަދި އެގައުމުގެ ކުރިމަގުގެ ހުރިހާ ކަމެއް އޮންނަނީ އެއްބަނޑު އެއްބަފާ ފަސް އަންހެންކުދިންގެ އަންމަތީގައާއި އެމީހުންނާ ގުޅުން ހުރި އިންވެންޓަރެއް ކަމަށްވާ ގަގާޖި ޕްރަތަސްލަވްއާ އެނާގެ 'ގްރޭޓް ތިންކިންގް މެޝިން'ގެ އަތްމަތީގައެވެ.

comment ކޮމެންޓް