ބާލީ ފެނުން ލިބޭ ސިއްހީ ފައިދާތައް

ބާލީ

ބާލިއަކީ އޭގައި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އޭގެއިން ލިއްބައިދޭ އެއްޗެކެވެ.

ބާލީއަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިން ބީ، އަޔަން، ކެލްސިޔަމް، މެގްނީޒިޔަމް، ޒިންކް، ކޮޕަ، ޕްރްޓިން އަދި އެންޓި އޮކްސިޑެންޓްތައް ވަރަށް ގިނައިން ހިމެނޭ އެއްޗެކެވެ. ގަވައިދުން ބާލީ ފެން ބޯނަމަ ހަށިގަނޑަށް އާރޯކަން ގެނެސްދީ އަދި ބަލިތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދެ އެވެ. ކީރިތި ރަސޫލާ ސައްލޮﷲ އަލައިހި ވަސައްލަމައިގެ ދުވަސްވަރުގައި، އާއިލީ ބޭފުޅަކު އާލާސްކަންފުޅެއް އަޔަސް އެ ފެން ބޭނުން ކުރައްވާ ކަމަށް ވަރަށް ގިނަ ހަދީސްތަކުގައިވެ އެވެ.

ބާލީފެން ތައްޔާރު ކުރާނޭ ގޮތް

ބޭނުންވާނޭ ތަކެތި

ބައިޖޯޑް ބާލީ

ތިން ޖޯޑް ފެން

ހައްދަވާނޭ ގޮތް

ތެއްޔަށް ބައިޖޯޑް ބާލީ ފެން އެޅުމަށް ފަހު ތިންޖޯޑް ފެން އަޅުއްވާށެވެ. އަދި 25 މިނިޓް ވަންދެން މަތި ޖަހައި ކައްކާށެވެ. އެއަށް ފަހު ފެންތައް ފުރާނާލާށެވެ. އޭރުން ހުންނާނީ ބަރާބަރު އެއްޖޯޑްގެ ބާލީ ތައްޔާރު ކުރެވިފަ އެވެ. ހިހޫ ކުރުމަށް ފަހު ދުވާލަކު ތިންއިރު ބޯށެވެ.

ބާޅިފެނުން ލިބޭ ފައިދާތައް

  1. ޔުރިނަރި އިންފެކްޝަންތަކަށް ފަރުވާއެއް

ޔުރިނަރީ އިންފެކްޝަންތަކަށް ބާލީއަކީ ވަރަށް ފުރިހަމަ ގުދުރަތީ ފަރުވާއެކެވެ. ކުޑަކަމުދާ ނިޒާމުގައި އުފެދޭ ބެކްޓީރިއާތައް ނައްތާލާ އަދި ވިހަތައް ސާފުކޮށްދީ ހެދުމުގައި ބާލީފެނަކީ ވަރަށް ފުރިހަމަ ބުއިމެކެވެ.

  1. ބަރުދަން ލުއިކޮށްދިމުނުގައި އެހީތެރިވެދޭ

ބާލިފެނުގައި ވަރަށް ގިނައަދަކަށް ފައިބަރު ހިމެނޭއިރު އޭގެ ތެރެއިން ބީޓާ ގްލޫކަން ގިނަ އަދަދަކަށް ހިމެނެ އެވެ. އެ މާއްދޭގެ ސަބަބުން މާގިނައިން ކެއްމުން ދުރުކޮށްދިނުމުގައި އެހީތެރިވެދެ އެވެ. އަދި ފެޓް މެޓްބޮލައިޒް ކޮށްދިނުމުގައި އެހީ ތެރިވެދެ އެވެ. މީގެ އިތުރުން ކޮލެސްޓްރޯލް ދައްކޮށްދީ އަދި ބަނޑާއި އަދި ގޮހޮރުގައި ކޮލެސްޓްރޯލް ޖެހުމުން ދުރުކޮށްދެ އެވެ.

  1. ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް

ބާލީފެނަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ބީ ހިމިނެ އެއްޗަކަށް ވާއިރު ހިތުގެ މަސްތައްބޯވެ އަތިރޯސްކެރެލޯސިސް ޖެހުމުން ދުރުކޮށްދީ ހަދައެވެ. އަދި ލޭގެ ޕްރެޝަރު ދަައްކޮށަދީ އަދި ސްޓްރްކާއި އަދި ހިތައް ޖެހޭ އެކިއެކި ބަލިތކުން ދުރުކޮށްދެ އެވެ.

  1. ޑައިބެޓިކްސް ކޮންޓްރޯލް ކޮށްދިނިމުގައި އެހީތެރިވެދޭ

ބާލީފެނަކީ ގުލުކޯޒްގެ މިންވަރު ދައްކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މީގައި ހިމެނޭ ބީޓާ ގުލުކޯން މާއްދާގެ ސަބަބުން ކެއުމަށް ފަހު ގުލްކޯޒްހަށިގަނޑަށް ވަންނަ މިންވަރު ލަސްކޮށްދީ އަދި އިންސިއުލިން މަތިވުމުން ދުރުކޮށްދެ އެވެ.

comment ކޮމެންޓް