ލެޖެންޑުންގެ ކުރިމަތިލުމުގައި މެންޔޫ އަތުން ބާސާ ބަލިވެއްޖެ

ބާސެލޯނާގެ ލެޖެންޑުންނާއި މެންޗެސްޓާރ ޔުނައިޓެޑްގެ ލެޖެންޑުންގެ ކުރިމަތިލުން ނިމުނީ 3-1 ލަނޑުން މެންޔޫ މޮޅުވެގެން -- ފޮޓޯ: ގެޓީ

ބާސެލޯނާގެ ލެޖެންޑުންގެ ޓީމަކާއި މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑުންގެ ޓީމަކާ ދެމެދު ހުކުރު ދުވަހު ކުޅުނު މެޗުން ޔުނައިޓެޑްގެ ލެޖެންޑުން މޮޅުވެއްޖެވެ.

ބާސާގެ ނޯ ކޭމްޕް ސްޓޭޑިއަމްގައި ދެ ޓީމުގެ ލެޖެންޑުންގެ މެޗުގައި ކުޅުނު ޗެރިޓީމެޗުން ޔުނައިޓެޑް މޮޅުވީ، 3-1 ލަނޑުގެ ނަތީޖާއަކުންނެެވެ.

މި މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނިޓްގައި ޖެސްޕަރ ބްލޮމްކްވިސްޓް، 57 ވަނަ މިނިޓްގައި ކެރެލް ޕޮބޮރްސްކީ، 57 ވަނަ މިނިޓްގައި ޑްވައިޓް ޔޯކްއެވެ.

ބާސެލޯނާގެ ލެޖެންޑުންނާއި މެންޗެސްޓާރ ޔުނައިޓެޑްގެ ލެޖެންޑުންގެ ކުރިމަތިލުން ނިމުނީ 3-1 ލަނޑުން މެންޔޫ މޮޅުވެގެން -- ފޮޓޯ: ގެޓީ

ބާސާގެ ފޯވާޑް ލައިނުގައި ރޮނާލްޑީނިއޯ، ރިވާލްޑޯ، އަދި ޕެޓްރިކް ކްލުއިވެޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، އެޓީމަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗުގެ ފަހު ވަގުތުގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ފްރެޑްރިކް ޑެހޫއެވެ.

ބާސެލޯނާގައި ހުންނަ ކުޑަކުދީންގެ ކެންސަރ ސެންޓަރަށް ފައިސާ ޖަމާކުރުމަށް ކުޅުނު މި ޗެރިޓީމެޗުގައި ޔުނައިޓެޑްގެ ގޯލް ބަލަހައްޓައި ދިނީ ރޭމަން ފެންޑަގޯއެވެ.

ބާސެލޯނާގެ ލެޖެންޑުންނާއި މެންޗެސްޓާރ ޔުނައިޓެޑްގެ ލެޖެންޑުންގެ ކުރިމަތިލުން ނިމުނީ 3-1 ލަނޑުން މެންޔޫ މޮޅުވެގެން -- ފޮޓޯ: ގެޓީ

ދެވަނަ ލެގުގެ މެޗު ސެޕްޓެމްބަރު ދެވަނަ ދުވަހު އޯލްޑް ޓްރަފޯޑްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗުން ލިބޭ ފައިސާ ހަދިޔާކުރާނީ މެންޗެސްޓަރ ޔުނައިޓެޑްގެ ފައުންޑޭޝަނަށެވެ.

comment ކޮމެންޓް